ކ. މާލެ
|
1 ޖޫން 2022 | ބުދަ 14:09
އިސްރާއިލްގެ ސިފައިން ބަޑިޖަހާ ފަލަސްތީނުގެ އަންހެނަކު މަރާލުން
އިސްރާއިލްގެ ސިފައިން ބަޑިޖަހާ ފަލަސްތީނުގެ އަންހެނަކު މަރާލުން
ރޮއިޓާސް
އިސްރާއިލް-ފަލަސްތީން
ވަޅިން ހަމަލާދޭން އުޅުނުކަމަށް ބުނެ، އިސްރާއިލް ސިފައިން ފަލަސްތީނުގެ އަންހެނަކު މަރާލައިފި
މިހާދިސާގައި މަރުވެފައިވަނީ އުމުރުން 31 އަހަރުގެ އަންހެނެއް
އޭނާ މަރުވެފައިވަނީ ބުދަ ދުވަހު ހިނގި މިހާދިސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން
ރިޕޯޓުކޮށްފައިވާ ގޮތުން އަންހެން މީހާއަށް އަމާޒުކޮށް އިސްރާއިލް ސިފައިން ބަޑި ޖަހާފައިވަނީ އޭނާ އެމީހުންނަށް ވަޅިން ހަމަލާދޭނެކަމަށް ބުނެ ބިރުދެއްކުމުން

އިސްރާއިލްގެ ސިފައިން ބަޑިޖަހާ ފަލަސްތީންގެ އަންހެނަކު މަރާލައިފިއެވެ.

އިސްރާއިލް ސިފައިންނާއި ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުން އަންހެން މީހާއަށް އަމާޒުކޮށް އިސްރާއިލް ސިފައިން ބަޑި ޖަހާފައިވަނީ އޭނާ އެމީހުންނަށް ވަޅިން ހަމަލާދޭނެ ކަމަށް ބުނެ ބިރުދެއްކުމުނެވެ.

އިސްރާއިލް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޅިއެއް ހިފައިގެން ހުރި މީހެއް، އިސްރާއިލް ޑިފެންސް ފޯސްގެ އޮފިސަރުންނާ ދިމާލަށް އައުމުން ދިފާއުގައި ސިފައިން ބަޑިން ހަމަލާދިން ކަމަށެވެ.

ބުދަ ދުވަހު ހިނގި މިހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައިކަމަށް ފަލަސްތީނުގެ ހިބްރޫން ސިޓީގެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިހާދިސާގައި މަރުވެފައިވަނީ އުމުރުން 31 އަހަރުގެ އަންހެނެކެވެ. ފަލަސްތީންގެ ޕްރިޒަނަރސް ކްލަބްއިން ވަނީ އެ އަންހެން މީހާއަކީ މީގެ ކުރިން އިސްރާއިލުން ޖަލަށްލާފައިވާ އަންހެނެއް ކަމަށްވެސް ބުނެފައެވެ. މިކަމުގެ އިތުރު ތަފްސީލެއް އެޖަމިއްޔާ އަކުން ނުދެއެވެ.

މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި އިސްރާއިލް ސިފައިންނާއި ފަލަސްތީންގެ އާންމު ރައްޔިތުންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް