ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 16:50
ގަތަރު އެއާލައިން
ގަތަރު އެއާލައިން
ގޫގުލް
ގަތަރުގެ މައްސަލަ
އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި
ގަތަރުގެ ރައްޔިތުން ސައުދީން ބޭރުވާންވެސް ވަނީ އަންގާފައި

ސައުދީ އަރަބިއްޔާ އާއި ގަތަރާ ގުޅުން ކަނޑާލާފައިވާއިރު، އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި އެވެ. 

މައްކާގެ ހެޑް އޮފް ނެޝަނަލް ކޮމެޓީގެ ހިއުމަން ރައިޓްސް ޑރ. އަލީ ބިން ސްމެއިޚް އަލް މައްރީ ވިދާޅުވެފައިވަނީ ގަތަރާ ގުޅުން ކަނޑާލުމުގެ ސަބަބުން މައްކާއަށް ގަތަރުގެ ރައްޔިތުން ވަނުން ސައުދީއިން މަނާ ކޮށްފައިވާކަމަށެވެ. 

ގަތަރުގެ ނެޝަނަލް ހިއުމަން ރައިޓްސް ކަމިޝަން(އެންއެޗްއާރުސީ) ގެ އެންމެ އިސްވެރިޔާ އަލީ ބިން ސްމެއިޚް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސައުދީގައި ތިބި ގަތަރުގެ މީހުން އެގައުމުން ދިއުމަށާއި ސައުދީއަށް އެރުން މަނާކުރުކަމަށް ބުނެފައިވާކަމަށެވެ.  

ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގަތަރުން ގުޅުން ބަދަހިކުރާކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލާފައިވާ އަރަބި ގައުމު ތަކަކީ ސައުދީ އަރަބިއްޔާ، މިސްރު، ބަހުރޭން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ލީބިއާ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޖޫން 2017 | އަންގާރަ 15:51
ޖުނައިދު
އަޅުކަން ކުރާމީހުންވެސް ކަޑައަޅަނީ ސައުދީންބާ؟ މިއޮތީވާ ސަރުކާރެއް.
11 ޖޫން 2017 | އާދީއްތަ 21:12
ޖާން
މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އެއްވެސް ސިފައެއްގައި ހުރަސް އެޅުމަކީ ބޮޑުވެގެންވާ ހަމަނުޖެހުމެއް އުފެދިގެން ދާނެކަމެއް. މުސްލިމުންނާ މުސްލިމުން ކުރާ ހަނގުރާމައެއް. ޢައިރު މުސްލުމުން އަޑީގައި ތިބެގެން.
11 ޖޫން 2017 | އާދީއްތަ 15:57
ފާށަނާ ކޮއެ
މައްކާއާއި މަދީނާ އަކީ ސައޫދީގެ ތަނެއް ނޫން. އެއީ މުސްލިމް އުއްމަތުގެ ތަނެއް
11 ޖޫން 2017 | އާދީއްތަ 14:45
Sad
makka akee ibn saud aailaage tharika mudhaa baa?