ކ. މާލެ
|
30 މެއި 2022 | ހޯމަ 23:20
ދެ ސަފީރަކަށް ފަތްކޮޅު އެރުވުން
ދެ ސަފީރަކަށް ފަތްކޮޅު އެރުވުން
ރައީސް އޮފީސް
ސަފީރުން އައްޔަނުކުރައްވާ ފަތްކޮޅު އެރުވުން
ޖަޕާނާއި، ބެލްޖިއަމް އާއި ޔޫރަޕިއަން ޔޫނިއަނަށް ދެ ސަފީރަކު ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފި
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ޙަސަން ޞާބިރު
ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ ޢުމަރު ޢަބްދުއްރައްޒާޤު

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ގަލޮޅު ފިޔާތޮށިގެ ޙަސަން ޞާބިރު ހަމަޖައްސަވައި، ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަނު ކުރައްވައި، އެ ދެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޙަސަން ޞާބިރަށާއި، ޢުމަރު ޢަބްދުއްރައްޒާޤަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިކަމަށްޓަކައި ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޙަސަން ޞާބިރު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޞާބިރު ކުރިން ހުންނެވި މަޤާމުކަމުގައިވާ ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުން ވަކިކުރައްވާފައެވެ. އަދި ޙަސަން ޞާބިރު ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.

ޢުމަރު ޢަބްދުއްރައްޒާޤު މި މަޤާމަށް ޢައްޔަމުކުރެއްވުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢުމަރު ޢަބްދުއްރައްޒާޤު ކުރިން ހުންނެވި މަޤާމުކަމުގައިވާ ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުން ވަކިކުރައްވާފައެވެ. އަދި ޢުމަރު ޢަބްދުއްރައްޒާޤު ކިންގްޑަމް އޮފް ބެލްޖިއަމްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންނާއި އެއް ފެންވަރުގައެވެ.


Advertisement
- ކޮމެންޓް