ކ. މާލެ
|
30 މެއި 2022 | ހޯމަ 16:05
"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އަގްސާ މިސްކިތަށް ދިން ހަމަލާ
އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި، ދިން ހަމަލާތައް ރައީސް ކުށްވެރިކުރައްވައިފި
 
އިޒްރޭލުގެ އަމަލުތައް، ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫންވެސް ކުށްވެރިކުރެއްވި
 
އިޒްރޭލުގެ ޔަހޫދީން ވަނީ އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި، އެތަނުގައި އެމީހުންގެ ދީނީ އަޅުކަންތައް ބާއްވާފައި
 
އިޒްރޭލުން އާދީއްތަ ދުވަހު ވަނީ ގުދުސްގައި ފަލަސްތީނުގެ މުސްލިމުންނަށް އަނިޔާކޮށް، ހަމަނުޖެހުންތައް ހިންގާފައި

އިޒްރޭލުން އާދީއްތަ ދުވަހު ގުދުސްގައި ދިން ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކުށްވެރި ކުރައްވައިފިއެވެ.

އެމަނިކުފާނު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އިޒްރޭލުން އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލައި ކުރިއަށްގެންދިޔަ ހަމަނުޖެހުންތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކުގައި ކަމަށްވެސް ރައީސްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް މިގޮތަށް ޓްވީޓް ކުރައްވާފައިވަނީ އާދީއްތަ ދުވަހު އިޒްރޭލުގެ ޔަހޫދީން ބޭއްވި "ދިދައިގެ ހިނގާލުން" ކުރިއަށްދިޔަ ވަގުތު، އެކަމާ ދެކޮޅަށް ނުކުތް ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސިފައިން ހަމަލާ ދިނުމާ ގުޅިގެންނެވެ. އިޒްރޭލުގެ ޔަހޫދީން މި ހިނގާލުން ބޭއްވީ ގުދުސްގެ އިރުމަތީީ ސަރަހައްދު އިޒްރޭލުން ހިދި ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

މި އަމަލުތައް ކުށްވެރި ކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ޓްވީޓްކުރައްވާފައެވެ. އެމަނިކުފާނުގެ ޓްވީޓުގައިވެސް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މި ހަމަނުޖެހުންތައް ފެށުނީ ޔަހޫދީން އާދީއްތަ ދުވަހު އަގްސާ މިސްކިތަށް އެކި ވަގުތުތަކުގައި ވަދެ ހެދުމުންނެވެ. ޔަހޫދީން ވަނުމުން އިޒްރޭލުގެ ސިފައިން ވަނީ ހަތިޔާރާއެކު އަގްސާ މިސްކިތަށް ވަދެ އެތަނުގައި ތިބި ފަލަސްތީނުގެ މުސްލިމުން ނެރެފައެވެ. އަދި މިސްކިތުގައި ތިބި ބައެއް މީހުން އެތެރޭގައި ބަންދުކޮށް، ޔަހޫދީންނަށް މިސްކިތުގެ ހަރިންމަ ތެރޭގައި އެ މީހުންގެ ދީނީ އަޅުކަންތައް ކުރުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

ގުދުސްގައި ޔަހޫދީން ކުރިއަށްގެންދިޔަ ހިނގާލުމުގައި ރަސޫލާއަށް ބަދުބަސްބުނެފައިވެއެވެ. މިކަން ހުއްޓުވަން ފަލަސްތީނުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ވަނީ ނުކުމެފައެވެ.

ޔަހޫދީންނާއި ފަލަސްތީނުގެ މުސްލިމުންނާ ދެމެދު ހިނގި މި ހަމަ ނުޖެހުންތަކުގައި ޔަހޫދީންނާއި އިޒްރޭލުގެ ސިފައިން ވަނީ މުގުރާއި ޕެޕަރސްޕްރޭ ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީފައެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އިޒްރޭލުގެ ސިފައިން ވަނީ ފަލަސްތީނުގެ 50އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ޝައިޚް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުންގެ ގެތަކަށް ވަދެ ޔަހޫދީން ވަނީ އެ ގެތަކަށް ގެއްލުންވެސް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް