ކ. މާލެ
|
27 މެއި 2022 | ހުކުރު 23:21
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން
ރާއްޖެއެމްވީ
އިންޑިއާ އައުޓް ބެނާ ނެގި މައްސަލަ
އިންޑިއާ އައުޓް ބެނާ ނެގި މައްސަލައިގެ ހުކުމް އިއްވުން އާދިއްތަ ދުވަހު
އެންމެ ފަހުން އޮތް އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ދައުލަަތަށް އަމާޒުކޮށްފަ
ފަނޑިޔާރުން ފުލުހުންނަށް ކުރި ސުވާލުތަކަށް ޖަވާބެއް ނުދެވުނު
އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދެމި އިންޑިއާ އައުޓް ބެނާ ނެގި މައްސަލައިގެ ހުކުމް އިއްވުން އާދިއްތަ ދުވަހު ބޭއްވުމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ، ބޮޑުތަކުރުފާނު މަގުގައި ހުންނަ, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައިވާ އިންޑިއާ އައުޓް ބޮޑު ބެނަރ ނެގި މައްސަލައިގައި ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ދައުލަަތަށް އަމާޒުކޮށްފައެވެ. އެގޮތުން ބެނަރ ދެމުމަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލެއްގެ ގޮތުގައި މާނަ ކުރެވެނީ ކިހިނެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދިނުމަށް ދައުލަތުން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް، ފުލުހުން ބުނެފައިވަނީ އެކަމަށް ސީދާ ޖަވާބެއް ނެތްކަމަށެވެ.

Advertisement

ފުލުހުން ބުނާ ގޮތުގައި ކޯޓު އަމުރު ނެރުމަށް އެދިފައިވަނީ އާންމު އުސޫލުން ހުރިހާ މައްސަލަތަކުގައިވެސް އެދޭ ތަރުތީބުންނެވެ.

ފަނޑިޔާރު ވަނީ މި އަމުރު ނެރެފައިވަނީ ކޮން ކުށަކާ ހަވާލާދީތޯ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީި، އަމުރު ނެރުމަށް އެދުނީ، ގާނޫނުލްްއުގޫބާތުގެ 615 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގެ ދަށުން ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު ހަސަން ޝަފީއުއާ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް