ކ. މާލެ
|
11 ޖޫން 2017 | އާދީއްތަ 15:10
އެންގެލާ މާކެލް
އެންގެލާ މާކެލް
ރޮއިޓަރސް
ޗާންސެލާ އެންގެލާ މާކެލް
އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް އިނގިރޭސި ބޮޑު ވަޒީރާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ: ޗާންސެލާ މާކެލް
އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަކަށް ހުރަސްތަކެއް ނެތް ކަމަަށް ޗާންސެލާ މާކެލް ވަނީ ކުރިން ވިދާޅުވެފައި

އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމުގެ މަޝްވަރާތައް ތާވަލު ކުރެވިފައިވާ ތާރީޚުގައި ބޭއްވުމަށް އިނގިރޭސި ބޮޑު ވަޒީރު ތެރީސާ މޭ އާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކެލް ވިދާޅުވެއްޖެއެވެ.

މާކެލް މެސްސިކޯގައި ހުންނަވާ ވިދާޅުވީ ތާވަލާ އެއްގޮތަށް ކަންކަން ގެންދަން ތައްޔާރު ކަމަށާއި އިނގިރޭސި ވިލާތުގެ އިންތިޚާބުގެ ނަތީޖާއަށް ތިބީ ބަަލަން ކަމަށެވެ. އީޔޫ އިން ވަކކިވުމުގެ މަޝްވަރާތައް 19 ޖޫންގައި ފެށުމަށް ވަނީ ތާވަލު ކުރެވިފައެެެވެ.

މާކެލް މިހެން ވިދާޅުވި އިރު، އެކަމަނާ ވަނީ ތާވަލު ކުރެވިފައިވާ ތާރީޚަށް އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް  ބޭއްވުމަށް ހުރަސްތަކެއް ނެތް ކަމަށް ކުރިން ވިދާޅުވެފައެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމުގެ މަޝްވަރާތަކަށް ހުރަސްތަކެއް ދިމާވެދާނެ ކަމަށް ބެލެެވެން ފެށީ، ބުރާސްފަތި ދުވަހު ބޭއްވި އިންތިޚާބުގައި ބޮޑު ވަޒީރަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އާއި ގުޅިގެންނެވެ. ބޮޑު ވަޒީރު މޭ ގެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބުނަސް މެޖޯރިޓީ ވަނީ ގެއްލިފައެވެ. ބޮޑު ވަޒީރު ތެރީސާ މޭގެ ކޮންޒަވޭޓިވް ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގައި ސާފު އަޣުލަބިއްޔަތު ގެއްލިފައިވާއިރު، އެކަަމަނާ މެޖޯރިޓީ ހޯއްދެވުމަށް އަށް މެމްބަރުން ބޭނުންވެއެވެ. ބޮޑު ވަޒީރު މޭ އަވަސް އިންތިޚާބަކަށް ގޮވާލެއްވީ އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތައް އަވަސްކުރެއްވުމަށް ގާނޫނު ހަދާ މަޖިލީހުގައި އެކަމަނާގެ ސަރުކާރުގެ ބާރު އިތުރަށް ވަރުގަދަ ކުރެއްވުމުގެ ބޭނުންފުޅުގައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ މި ވަނީ ދިމާ އިދިކޮޅަށް ނުކުމެފައެވެ. ބޯޑު ވަޒީރު މޭ ވިދާޅުވެފައި ވަނީ އެކަމަނާ އާ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށާއި، އެކަން ކުރައްވާނީ އިންތިޚާބުގައި 10 ގޮނޑި ލިބުނު ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީ (ޑީޔޫޕީ) އާއި އެކުގައި ކަމަށެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީ އަށް ލިބުނީ 318 ގޮނޑި އެވެ. އިދި ކޮޅު އެންމެ ބޮޑު ޕާޓީ،  ލޭބާ ޕާޓީއަށް ލިބުނީ 262 ކެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް