ކ. މާލެ
|
27 މެއި 2022 | ހުކުރު 22:47
މީގެ ނިއުރޭޑިއަންޓުން މުބާރާތެއްގެ ތަށި އުފުލާލަނީ. ނިއު އަކީ ރާއްޖޭ ފުޓުބޯޅައިގެން ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމު.
މީގެ ނިއުރޭޑިއަންޓުން މުބާރާތެއްގެ ތަށި އުފުލާލަނީ. ނިއު އަކީ ރާއްޖޭ ފުޓުބޯޅައިގެން ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމު.
މިހާރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް
ނިއު ރޭޑިއަންޓުގެ ޗެއަރމަނަކަށް ރޭޑިއަންޓުގެ ޗެއަރމަން ވާސިފް އިންތިޚާބުކޮށްފި
ޗެއަރމަންގެ މަގާމަށް އިންތިޚާބުކުރީ ކުރީ ބޯޑުގެ މެމްބަރު އަދި ރޭޑިއަންޓުގެ ޗެއަރމަން ވާސިފް
އިންތިޚާބު ބޭއްވީ މިހާރު ކުރިއަށްދާ ބައްދަލުވުމުގައި

ސަސްޕެންޑުކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އަލުން ވުޖޫދަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިރޭ އެ ކުލަބުގެ އައު ހިންގާ ކޮމެޓީއެއް އިންތިޚާބުކޮށްފިއެވެ.

މިހާރު ކުރިއަށް ދާ އިންތިޚާބުގައި އައު ހިންގާ ކޮމެޓީގެ ޗެއަރމަނަކަށް އިންތިޚާބުކުރީ އިސްމާއީލް ވާސިފެވެ. ވާސިފަކީ ކުރިން ވެސް ނިއުގެ ބޯޑު މެމްބަރުކަން ކުރި ފަރާތެކެވެ. އަދި ދާދި ފަހުން ނިއުގެ ސަޕޯޓަރުންތަކެއް އިސްވެ އުފެއްދި ރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ ޗެއަރމަނަކަށް ވެސް އޭރު އިންތިޚާބުކުރީ ވާސިފެއެވެ. ނަމަވެސް އޭއެފްސީގެ އެންގުމުގެ މަތިން ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމީ ރޭޑިއަންޓުގެ އެންމެހައި ކަންކަން މަޑު ޖައްސާލުމަށެވެ.

އަލަށް އިންތިޚާބުކުރި ނިއުގެ ހިންގާ ކޮމެޓީގެ ދެ ވައިސް ޗެއަރމަނުން ހިމެނެއެވެ. އެއީ އިސްމާއީލް ރަޝީދާއި، ޒަހީނުއްދީން ސައީދެވެ. ކުލަބުގެ ޚަޒާންދާރުގެ މަގާމަށް އިންތިޚާބުކުރީ އަހުމަދު ހުސައިންނެވެ. އަދި ސެކްރެޓަރީގެ މަގާމަށް އިންތިޚާބުކުރީ ސާއިދު އަލީ ދީދީއެވެ. ބޯޑު މެމްބަރުންގެ ގޮތުގައި އިންތިޚާބުކުރީ ހަތަރު މެމްބަރުންނެވެ. އެއީ ލުހައްޔު އާދަމް، މުހައްމަދު މާލިކް، މުހައްމަދު ޔޫސުފް އަަދި އާސިމް ރިޒާއެވެ.

ނިއުގެ އައު ހިންގާ ކޮމެޓީ އިންތިޚާބުކުރުމަށް މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ކުލަބުގެ މުއައްސިސް ކުއީން އަހުމަދު ވަހީދުވެސް ބައިވެރިވިއެވެ.

- ކޮމެންޓް