ކ. މާލެ
|
27 މެއި 2022 | ހުކުރު 16:40
ޤައުމީ ބާސްކެޓު ޓީމް
ޤައުމީ ބާސްކެޓު ޓީމް
ބާސްކެޓް އެސޯސިއޭޝަން
އޭޝިއަން ޗެމްޕިއަންޝިޕް
އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިން އަށް ޤައުމީ ބާސްކެޓު ޓީމު ފުރައިފި
 
ކޮލިފައިންގެ ފުރަތަމަ މެޗުގައި ނިކުންނާނީ ބަންގްލަދޭޝާ ދެކޮޅަށް
 
އެކުވެރިކަމުގެ ތިން މެޗެއް ކުޅޭނެ

ފީބާ އޭޝިއަން ޗެމްޕިއަންޝިޕްގެ ސާބާ ކޮލިފައިންގ އަށް ރާއްޖޭގެ ގައުމީ ބާސްކެޓު ޓީމު އިންޑިއާއަށް ފުރައިފިއެވެ.

މި ކޮލިފައިންގ ކުރިއަށް ދާނީ އަންނަ މަހުގެ 1-5 އަށް އިންޑިއާގެ އޮޑިޝާގައެވެ. ކޮލިފައިންގ ގައި ރާއްޖެ ވާދަ ކުރަނީ 18 އަހަރުން ދަށުގެ އުމުރުފުރާގައެވެ. ރާއްޖޭގެ އިތުރުން ކޮލިފައިންގ ގައި ދެން ވާދަކުރާނީ އިންޑިއާ އާއި ބަންގްލަދޭޝްއެވެ. ނޭޕާލުން ވަނީ ފަހު ވަގުތު ބައިވެރިނުވާން ނިންމާފައެވެ.

ކޮލިފައިންގ ގައި ވާދަކުރާ ޓީމުގައި ހިމެނެނީ 12 ކުޅުންތެރިންނެވެ. މި ޓީމު އިންޑިއާގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން އެކުލަވާލި ޓީމުގައި ހިމެނެނީ ޒައިދާން އާތިފް ޝަކޫރު، މުހައްމަދު އައިކް ވަޖީހު، މުހައްމަދު އިޝްހާގު އަހުމަދު، އަހުމަދު ލައިލް ޝިފާން، އަހުމަދު ޝައިން ޝިމާލް، އައިކް އަހުމަދު މައުރޫފް، އަބްދުﷲ އަލާން އިރުފާން، އަލްދާން އައިކް ރަމީޒް، އަހުމަދު މާއިޒް ވަޖީހު، މުހައްމަދު ޖިދާދު، ނަބްހާން ނާޒިމް އަދި އަހުމަދު ރައްޔާން އިބްރާހީމްއެވެ.

ކޮލްކަތާގައި އެކުވެރިކަމުގެ މެޗުތައް ކުޅުމަށްފަހު، ޓީމު އޮޑިސާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހުއެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހު ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި އަންގާރަ ދުވަހު ނިކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ. ދެ މެޗު ވެސް އޮންނާނީ ރާއްޖޭ ގަޑިން ހަވީރު 17:30 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް