ކ. މާލެ
|
27 މެއި 2022 | ހުކުރު 07:28
ޕާކިސްތާންގެ އިސްލާމްއާބާދުގައި ކުރިއަށް ދިޔަ މުޒާހަރާގައި ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން
ޕާކިސްތާންގެ އިސްލާމްއާބާދުގައި ކުރިއަށް ދިޔަ މުޒާހަރާގައި ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން
އަލްޖަޒީރާ
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު
ކުރިއަށް އޮތް 6 ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި އަވަސް އިންތިޚާބެއް އިއުލާނު ނުކޮށްފިނަމަ މުޒާހަރާ ކުރިއަށް ގެންދާނެކަމުގެ އިންޒާރު ދީފި
 
ހަ ދުވަހުގެ ތެރޭގައި އަވަސް އިންތިޚާބެއް އިޢުލާނު ނުކޮށްފިނަމަ އަނެއްކާވެސް މަގުމައްޗަށް އާއްމުން ނުކުންނާނެ
 
އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އިމްރާން ޚާން ބޮޑުވަޒީރުކަމުގެ މަޤާމުން ވަކި ކުރީ މިދިޔަ އޭޕްރީލް މަހު

ކުރިއަށް އޮތް ހަ ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި އަވަސް އިންތިޚާބެއް އިއުލާން ނުކޮށްފިނަމަ މުޒާހަރާ ކުރިއަށް ގެންދާނެކަމުގެ އިންޒާރު އެޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އިމްރާން ޚާންއާއި އޭނާއަށް ތާއީދުކުރާ ރައްޔިތުން ވަނީ އަވަސް އިންތިޚާބެއް ބޭއްވުމަށް މިހާރުގެ ސަރުކާރަށް ގޮވާލާފައެވެ.

މި މުޒާހަރާގައި އަވަސް އިންތިޚާބެއް އިޢުލާނުކުރުމަށް ސަރުކާރަށް ހަ ދުވަހުގެ މުހުލަތެއް އިމްރާން ޚާންވަނީ ދެއްވާފައެވެ. އަދި ހަ ދުވަހުގެ ތެރޭގައި އަވަސް އިންތިޚާބެއް އިޢުލާނު ނުކޮށްފިނަމަ އަނެއްކާވެސް މަގުމައްޗަށް އާއްމުން ނުކުންނާނެކަމުގެ އިންޒާރުވެސްވަނީ ދެއްވާފައެވެ.

މިމުޒާހަރާއާ އެކު، ބޮޑެތި ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގާފައެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުންވަނީ އިސްލާމްއާބާދަށް ވަދެވެން އޮންނަ މަގުތައް ހުޅުވާލައި އެ ރަށުގެ ހާމަ ތަނެއްގައި ޞުލްޙަވެރިކަމާއެކު މުޒާހަރާކުރުމުގެ ފުރުޞަތު ދިނުމަށް އަމުރުކޮށްފައެވެ.

ނަމަވެސް މިމުޒާހަރާ ކުރިއަށް ދިޔަ ވަގުތު، އިސްލާމްއާބާދަށް މީހުން ޖަމާވުން ހުއްޓުވުމަށް ބައެއް މަގުތައް ބަންދުކުރިއެެވެ. އަދި ސަރުކާރުގެ މުހިންމު އިމާރާތްތަކުގައި ފުލުހުންވަނީ ފޯރިމަރާފައެވެ. އެހެންނަމަވެސް އެތައް ހާސް ބަޔަކުވަނީ އިސްލާމްއާބާދުގެ މައި ސަރަޙައްދަށް ވަދެގަނެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފައެވެ.

އާންމުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 5 މީހަކު މަރުވެފައިވާ ކަމަށްވެސް އިމްރާން ޚާންވަނީ ތުހުމަތު ކުރައްވާފައެވެ. އެހެންނަމަވެސް އެކަމަށް ސަރުކާރުގެ ބަހެއް ލިބިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އިމްރާން ޚާން ބޮޑުވަޒީރުކަމުގެ މަޤާމުން ވަކި ކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް