ކ. މާލެ
|
27 މެއި 2022 | ހުކުރު 07:05
ބާ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި
ބާ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި
ޝުއައިބް މުހައްމަދު އިގްބާލް
ބާ ކައުންސިލް އިންތިޚާބު
ޖޫން މަހު އޮންނަ ބާ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި
އިންތިޚާބުގައި ވޯޓުލެވޭނީ "ފަހިވޯޓު" މެދުވެރިކޮށް
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު މި މަހުގެ 29ގެ ނިޔަލަށް ހުޅުވިފައި

ޖޫން މަހު އޮންނަ ބާ ކައުންސިލް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައިވަނީ ވޯޓްލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 29ހާ ހަމައަށް އިތުރު ކުރަން ކަމަށް ބާ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ބާ ކައުންސިލުން ކުރި އިއުލާނުގައި ބުނީ، އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓު" މެދުވެރިކޮށެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން، ރަޖިސްޓްރީވުމަށްޓަކައި ކަނޑައެޅިފައިވާ ފޯމް މެދުވެރިކޮށް، 29 މޭވާ އާދިއްތަ ދުވަހުގެ 23:59 އާ ހަމައަށް ބާ ކައުންސިލުގައި ރަޖިސްޓަރުކުރަން ވަނީ އެދިފައެވެ.

މީގެއިތުރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް 11 ޖޫންގައި ބާއްވާ އާންމު ޖަލްސާ އޮންނަ ވަގުތު، އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ 30 ފަރާތަކަށް ކަމުގައިވެސް ވަނީ ބުނެފައެވެ.

- ކޮމެންޓް