ކ. މާލެ
|
25 މެއި 2022 | ބުދަ 17:32
ޓޮޑް ބޮހްލީ
ޓޮޑް ބޮހްލީ
ޓްވީޓަރ
ޗެލްސީ ގަތުމަށް ކުރި ބިޑް
ޗެލްސީ ގަތުމަށް ހުށަހެޅި ބިޑް ޔޫކޭ ސަރުކާރުން ބަަލައިގެންފި
ޔޫކޭގެ ސަރުކާރުން ނިންމީ ބިޑްގެ ސަބަބުން ކުރީގެ ވެރިޔާއަށް ފައިދާއެއް ނުކުރާނެކަމަށް
ޗެލްސީ ގަތުމަށް ކުރީ 5.3 ބިލިއަން ޑޮލަރުގެ ބިޑެއް

އިނގިރޭސި ފުޓުބޯޅަ ކުލަބް ޗެލްސީ ގަތުމަށް ޓޮޑް ބޮހްލީ ހުށަހެޅި ބިޑު ޔޫކޭގެ ސަރުކާރާއި ޕްރިމިއަރ ލީގުން ބަލައިގެންފިއެވެ.

ޗެލްސީގެ ބެލެނިވެރިކަން ދޫކޮށްލަން ނިންމައި ޗެލްސީގެ ބެލެނިވެރިކަން ރޯމަން އަބްރަމޮވިޗް އެ ކުލަބުގެ ޗެރިޓަބަލް ފައުންޑޭޝަނާ ހަވާކުކުރިފަހުން ޗެލްސީ ހިންގަމުން އަންނަނީ ޔޫކޭ ސަރުކާރުން ދީފައިވަނީ ޚާއްސަ ލައިސަންސެއްގެ ދަށުންނެވެ. އެ ލައިސަންސްގެ މުއްދަތު މި ހިނގާ މެއި މަހުގެ 31ށް ހަމަވާނެއެވެ.

ޗެލްސީ ގަތުމަށް ކުރި ބިޑް ގަބޫލުކުރިކަން ހާމަކޮށް ޔޫކޭގެ ސަރުކާރުން ބުނީ އެ ބިޑު ބަަލައިގަތުމަށް ނިންމީ އެ ކުލަބުގެ ކުރީގެ ވެރިޔާ އަބްރަމޮވިޗަށް އެއްވެސް ފައިދާއެއް ނުކުރާނެކަން ޔަގީންކުރުމަށްފަހުކަމަށެވެ. ޗެލްސީ ގަތުމަށް ޓޮޑް ބޮހްލީ ހުށަހަޅާފައިވަނީ 4.25 ބިލިއަން ޕައުންޑު ނުވަތަ 5.3 ބިލިއަން ޑޮލަރުގެ ބިޑެކެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައި އަބްރަމޮވިޗް ނިންމީ ޗެލްސީ ވިއްކާލުމަށެވެ. އެއީ ރަޝިޔާއިން ޔުކްރެއިންއަށް ހަމަލާތަކެއް ދެމުން ދިޔަ ދަނޑިވަޅެއްގައި، އޭނާއާ ރަޝިޔާގެ ރައީސް ޕުޓިންއާ ސިއްރު ގުޅުން ތަކެއް އޮންނަކަން ހާމަވެ, އެތައް ބައެއްގެ ފާޑުކިޔުމާއި ފިއްތުންތައް ކުރިމަތިވި ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުން ވަނީ އޭނާ އެ ގައުމުގައި ދިރިއުޅުން މަނާ ވެސް ކުރިއެވެ.

ޗެލްސީ ގަތުމަށް ކުރި ބިޑު ބަަލައިގަނެ މިހާރު ވަނީ އެ ކުލަބުގެ އައު ޑައިރެކްޓަރުންގެ ލިސްޓު ވެސް އެޕްރޫވްކޮށްފައެވެ.

އެ ކްލަބް އަބްރަމޮވިޗް ގަތީ 2003 ވަނަ އަހަރުއެވެ. އޭގެ ފަހުން އެ ކުލަބުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެެވެ. އޭގެ ތެރޭގައި 50 އަހަރަށްފަހު ލީގު ހޯދުމާއި، ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމާއި އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހޯދުން ހިމެނެއެވެ. އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ޗެލްސީ ވަނީ 21 ތަށި ހޯދާފައެވެ.

- ކޮމެންޓް