ކ. މާލެ
|
22 މެއި 2022 | އާދީއްތަ 12:59
ސާޖީ ރޮބާޓޯ
ސާޖީ ރޮބާޓޯ
ޓްވީޓަރ
ސާޖީ ރޮބާޓޯ ބާސާގައި މަޑުކުރުން
ސާޖީ ރޮބާޓޯގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަނީ
 
އެއްބަސްވުުގެ މުއްދަތު އިތުރުކުރަނީ 2023ގެ ޖޫން މަހާ ހަމައަށް

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ސެންޓްރަލް މިޑްފީލްޑަރު ސާޖީ ރޮބާޓޯ އެކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ނިންމައިފިއެވެ.

އުމުރުން 30 އަހަރުގެ ސާޖީ ރޮބާޓޯ ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ބާސާގައި މަޑުކުރަން ބޭނުން ނަމަ އައު އެއްބަސްވުމެއް ހަދަން ޖެހޭނެއެވެ. އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ސާޖީ ރޮބާޓޯ ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

ސާޖީ ރޮބާޓޯއާއި ބާސާއާ ދެމެދު މިހާރު އެކަމަށް އެއްބަސްވެފައިވާ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ރޮމާނޯ ބުންޏެވެ. މި ސީޒަނަށްފަހު ރިކީ ޕުއިޗް، ބްރެއިތްވެއިޓް، މިންގުއެޒާ އަދި އުމްޓިޓީ ބާސާ ދޫކޮށްލާނެ ކަމަށް ރޮމާނޯ ވަނީ ބުނެފައެވެ.

ސާޖީ ރޮބާޓޯ ބާސެލޯނާގެ ސީނިއާ ޓީމާ ގުޅުނީ 2010 ވަަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް 208 މެޗު ކުޅެދީފައެވެ. އަދި މިހާތަނަށް އޭނާ ވަނީ އެ ޓީމަށް ފަސް ލަނޑު ޖަހާފައެވެ.

އޭނާ ވަނީ ބާސާއާއެކު 19 ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި ކޮޕާ ޑެލްރޭ ހަ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން ޔުއެފާ ސުޕަ ކަޕާއި ފީފާ ކުލަބް ވޯލްޑް ކަޕް ދެ ފަހަރު ހޯދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް