ކ. މާލެ
|
22 މެއި 2022 | އާދީއްތަ 12:44
އެމްބާޕޭ އަދި ޕީއެސްޖީގެ ރައީސް
އެމްބާޕޭ އަދި ޕީއެސްޖީގެ ރައީސް
ޓްވީޓަރ
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުން
ޕީއެސްޖީގެ ތާރީޚުގައި އެންމެ ރީތި ސަފުހާތައް ހުޅުވާލާނަން: ޕީއެސްޖީގެ ރައީސް
 
ދަނޑު މަތީގައާއި ބޭރުގައި އެމްބާޕޭ އަކީ މުހިންމު ކުޅުންތެރިއެއް
 
އިތުރުން އިން އަހަރު ޕީއެސްޖީގައި މަޑުކުރުމަށް އެމްބާޕޭ ވަނީ ނިންމާފައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ތާރީޚުގައި ވެސް އެންމެ ރީތި ސަފުހާތައް ހުޅުވާލާނެކަމަށް އެ ކުލަބުގެ ރައީސް ނާސިރު އެލް-ހެއްލާފީ ބުނެފިއެވެ.

އޭނާ މިފަދައިން ބުނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭ އެ ޓީމުގައި މަޑުކުރުމަށް ނިންމުމާއި ގުޅިގެންނެވެ. ޕީއެސްޖީއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް އޭނާ ބަދަލުވާނެކަމަށް ރިޕޯޓުތައް ދިޔައީ ބުނަމުންނެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހު ވަގުތު ރެއާލަށް ނޫނެކޭ ބުނެ އެމްބާޕޭ ވަނީ ޕީއެސްޖީގައި މަޑުކުރުމަށް ނިންމާފައެވެ.

މިކަމާ ގުޅިގެން ޕީއެސްޖީގެ ރައީސް ބުނީ އެމްބާޕޭއަކީ އެ ކުލަބުގެ މުސްތަގުބަލަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދަނޑު މަތީގައާއި ބޭރުގައި އޭނާ އަކީ ޕީއެސްޖީގެ ޕްރޮޖެކްތަކަށް މުހިންމު ފަރާތެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ޕީއެސްޖީގައި މަޑު ކުރުމަށް އެމްބާޕޭ ނިންމުމަކީ އޭނާ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އެކަމާ އޭނާ ހުރީ އުފަލުންކަމަށެވެ. އަދި ޕީއެސްޖީގެ ތާރީޚުގައި ވެސް އެންމެ ރީތި ސަފުހާތައް ހުޅުވާލާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އެމްބާޕޭ ވަނީ އިތުރު ތިން އަހަރު ޕީއެސްޖީގެ މަޑުކުރުމަށް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް