ކ. މާލެ
|
22 މެއި 2022 | އާދީއްތަ 10:06
އެމްބާޕޭ އާއި ނޭމާ
އެމްބާޕޭ އާއި ނޭމާ
ޓްވީޓަރ
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުން
އެމްބާޕޭއަކީ ޕީއެސްޖީގެ މުސްތަޤްބަލް: ނޭމާ
 
އެމްބާޕޭ ވަނީ ޕީއެސްޖީގައި މަޑުކުރަން ނިންމާފައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭއަކީ އެ ކުލަބުގެ މުސްތަޤުބަލުކަމަށް ނޭމާ ޖޫނިއާ ބުނެފިއެވެ.

އެމްބާޕޭއާއެކު ޕީއެސްޖީގައި ކުޅެމުން އަންނަ ނޭމާ މިހެން ބުނީ ޕީއެސްޖީގައި މަޑުކުރުމަށް އެމްބާޕޭ ނިންމުމާއި ގުޅިގެން އޭނާ ދިން އިންޓަވިއުއެއްގައެވެ. މި ސީޒަނުގެ ނިޔަލަށް އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އޭނާ ކުލަބް ދޫކޮށްލާނެ ކަމުގެ އަޑުތަކެއް ފެތުރުނެވެ. އަދި އޭނާ ބަދަލުވާނީ ސްޕެއިންގެ އެއް ގަދަ ބާރުކަމުގައިވާ ރެއާލް މެޑްރިޑަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އޭނާ ވަނީ އިތުރު ތިން އަހަރު ޕީއެސްޖީގައި މަޑުކުރުމަށް ނިންމާފައެވެ.

މިކަމާ ގުޅިގެން ނޭމާ ބުނީ އެމްބާޕޭ އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާ އަކީ ޕީއެސްޖީގެ މުސްތަޤުބަލާ ގުޅިފައިވާ ކުޅުންތެރިއެއް ކަމަށެވެ. އަދި އެމްބާޕޭ ޕީއެސްޖީގައި މަޑު ކުރަން ނިންމުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ނޭމާ ބުންޏެވެ.

ފްރާންސް ލީގުގެ މޮނާކޯގައި ހުރުމަށްފަހު، 2017 ވަނަ އަހަރު އެމްބާޕޭ ޕީއެސްޖީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އޭނާ ވަނީ ޕީއެސްޖީއާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ ވަނީ ޕީއެސްޖީއަށް ޖުމުލަ 142 މެޗު ކުޅެދީ، އެ ޓީމަށް 119 ލަނޑު ޖަހައިދީފައެވެ.

ޕީއެސްޖީއާއެެކު މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެމްބާޕޭ ވަނީ ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް