ހުއްދަ ނުހޯދައި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން އޭނާގެ ވޭން ޕާކްކުރުމުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފިއެވެ.
ސައިފް ގެ ވޭން ޕާކް ކޮށްފައިވަނީ އޭނާ ޝޫޓިން ފެށުމަށް ޓެންޓު ޖެހުމަށް ހުއްދަ ނުހޯދައެވެ.
އެހެން ނަމަވެސް އޭނާ ވަނީ ފުލުހުންނާއި ޓްރެފިކް ޕޮލިސްގެ ހުއްދަ ހޯދާފައި ކަމަށް އިންޑިއާގެ ހިންދުސްތާން ޓައިމްސްގައި ބުނެފައިވެއެވެ.
ސައިފް ޖޫރިމަނާ ކުރާނެކަމަށް ބުނެފައިވަނީ ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުންނެވެ. ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުން ވަނީ ސައިފްގެ ވޭން ޕާކް ކުރުމުން އެ ވޭން ނެގުމަށާއި ހުއްދަ ނުހޯދައި ޕާކް ކުރުމުން އެކަމާމެދު ފިޔަވަޅުއަޅާނެކަމަށް ބުނެފައެވެ.
ޝޫޓިން ކުރިއަށްގެންދިޔަ ކުރޫއަށް ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުން ވަނީ ހުއްދަ ނުހޯދައި އެތަނުގައި ޝޫޓް ނުކުރެވޭނެކަމަށާއި ޝޫޓިން ކުރިއަށް ގެންދަން ބޭނުންނަމަ އެފަރާތުގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ބުނެފައެވެ.