ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 22:07
އާލިން ހާލަންޑް
އާލިން ހާލަންޑް
މާސާ
ހާލަންޑް ސިޓީއަށް ބަދަލުވުން
ހާލަންޑްގެ ވަދާއީ ހަދިޔާ، ޓީމުގެ އެންމެނަށް ރޮލެކްސް ގަޑި
 
ޓީމުގެ ހުރިހާ މެމްބަރުންނަށް ޖުމްލަ 33 ރޮލްކެސް ގަޑި ގަތުމަށް ކޮންމެ ގަޑިއަކަށް 12،730 ޕައުންޑް ހާލަންޑް ޚަރަދުކުރި
 
ޑޯޓްމަންޑުގައި ހާލަންޑް ވަނީ 89 މެޗު ކުޅެގެން 86 ލަނޑު ޖަހާފައި

ބްރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އާލިން ހާލަންޑް، ވަދާއީ ހަދިޔާއެއްގެ ގޮތުން އެޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުންނަށް ރޮލެކްސް ގަޑި ދީފިއެވެ.

ހާލަނޑް ވަނީ މިއަންނަ ސީޒަންގައި މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށް ނިންމާފައެވެ. އެހެންކަމުން ޑޯޓްމަންޑާއި ވަކިވުމުގެ ކުރިން އޭނާ ވަނީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުންނަށް އަގުބޮޑު ހަދިޔާއެއް ދީފައެވެ.

މި ހަދިޔާ ދިނުމަށްޓަކައި ހާލަންޑް ވަނީ ގާތްގަނޑަކަށް ބައިމިލިއަން ޕައުންޑް ހޭދަކޮށްފައެވެ. ޓީމުގެ ހުރިހާ މެމްބަރުންނަށް ޖުމްލަ 33 ރޮލްކެސް ގަޑި ގަތުމަށް ކޮންމެ ގަޑިއަކަށް 12،730 ޕައުންޑް ހާލަންޑް ޚަރަދުކުރިއެވެ. މީޑީއާ ރިޕޯޓުތައް ބުނާ ގޮތުން ބެކް ރޫމް ސްޓާފުންނަށްވެސް އޭނާ ވަނީ 2-އޮމޭގާ ގަޑި ހަދިޔާކޮށްފައެވެ. މި ގަޑިތަކަށް 4،128 ޕައުން ހާލަންޑް ޚަރަދުކުރިކަމަށް ރިޕޯޓުތައް ބުނެއެވެ.

މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށްފަހު ހާލަންޑްއަށް ހަފްތާއަކު 375،000 ޕައުންޑް ލިބޭނެއެވެ. މިއީ އެޓީމުގެ ކެވިން ޑިބްރައިނާއަށްވެސް މިހާރު ލިބޭ މުސާރައެވެ. ސިޓީއިން ހާލަންޑް ހޯދުމަށް 51 މިލިއަން ޕައުންޑް ހޭދަކުރަން ޖެހޭނެއެވެ.

ޑޯޓްމަންޑުގައި ހާލަންޑް ވަނީ 89 މެޗު ކުޅެގެން 86 ލަނޑު ޖަހާފައެވެ. ޓީމުގައި ކުޅުނު އެންމެ ފަހު މެޗަށްފަހު އޭނާ ބުނީ ޑޯޓްމަންޑުގައި ހޭދަކުރީ ހަނދާނުން ފުހެލަން ދަތި ދުވަސްތަކެއް ކަމަށެވެ. ތަފާތު އެކި މީހުންނާއި ދިމާވެފައި ވާއިރު، ސަޕޯޓަރުންގެ ފަރާތުން އަބަދުވެސް ލިބެމުންއައި ހިތްވަރަށް އޭނާ ޝުކުރު އަދާކުރިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
0%
17%
0%
33%
ކޮމެންޓް