ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 19:25
ޑިބްރައިނާ
ޑިބްރައިނާ
ޓްވިޓަރ
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޑިބްރައިނާ
 
މިއީ ކެރިއަރުގައި އޭނާ މި މަގާމު ހޯދި ދެ ވަނަ ފަހަރު
 
މި ސީޒަނުގައި ސިޓީއާއެކު މޮޅު ކުޅުމެއް ދައްކާފައި

އިނގިރޭސި ޕްރިމިއާ ލީގުގެ މިސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރައިނާ ހޮވިއްޖެއެވެ.

މިއީ ކެރިއަރުގައި އޭނާ މި މަގާމު ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2020 ވަނަ އަހަރު ވެސް އޭނާ ވަނީ މި މަގާމު ހޯދާފައެވެ. މިއަހަރު އޭނާ މި މަގާމު ހޯދީ ލިވަޕޫލްގެ މުޙައްމަދު ޞަލާޙާއި ޓޮޓެންހަމްގެ ސޮން ހުއެން-މިންއާ ވާދަކޮށެވެ. މި ސީޒަނުގައި ޑިބްރައިނާ ވަނީ ޕްރިމިއާ ލީގުގައި 15 ލަނޑު ޖަހާފައެވެ. މި މަގާމަށް ދެން ވާދަކުރި ޞަލާޙު ވަނީ މި ސީޒަނުގައި 22 ލަނޑު ޖަހާފައެވެ. އަދި ސޮން ވަނީ 21 ލަނޑު ޖަހާފައެވެ. ޑިބްރައިނާ ވަނީ މި ސީޒަނުގައި ހަތް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

ޑިބްރައިނާ ވަނީ މި ސީޒަނުގައި ސިޓީއާއެކު މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭނާ އަންނަނީ އެ ޓީމާއެކު ލީގު ހޯދުމުގެ ރޭހުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މި ސީޒަނުގެ ލީގު ޗެމްޕިއަނުން ކަނޑައެޅޭނީ ފަހު މެޗުގައެވެ. ފަހު މެޗުގައި މާދަމާ ރޭ ސިޓީ ނިކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި ލިވަޕޫލް ނިކުންނާނީ ވުލްވްސް އާ ދެކޮޅަށެވެ. އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ސިޓީއަށް ލީގު ޗެމްޕިއަންކަން ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް