ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 16:13
އިސްކޯ
އިސްކޯ
ގެޓީ އިމޭޖަސް
އިސްކޯ ރެއާލް ދޫކޮށްލުން
މި ސީޒަނަށްފަހު އިސްކޯ ރެއާލް ދޫކޮށްލަނީ
މި ސީޒަނަށްފަހު އިސްކޯ ރެއާލް ދޫކޮށްލަނީ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކިން މިޑްފީލްޑަރު އިސްކޯ މި ސީޒަންއަށްފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އުމުރުން 30 އަހަރުގެ އިސްކޯ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުައްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އިސްކޯ ރެއާލް ދޫކޮށްލަނީ ނުވަ އަހަރު އެ ޓީމަށް ކުޅުމަށްފަހު ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

މި ސީޒަނުގައި އިސްކޯ ރެއާލަށް ކުޅެފައިވަނީ 13 މެޗެވެ. އޭގެ ތެރެއިން ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނީ އެންމެ ތިން މެޗެވެ. މިސީޒަނުގައި ރެއާލްގެ ގިނަ މެޗުތަކުގައި އޭނާ ފެންނަނީ ބެންޗުންނެވެ.

ސްޕެއިންގެ މަލަގާގައި ހުރުމަށްފަހު އިސްކޯ ރެއާލަށް ބަދަލުވީ 2013 ވަަަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެ ޓީމާއެކު މިވީ ނުވަ އަހަރުގެ ތެރޭގައި އިސްކޯ ވަނީ ޖުމުލަ 246 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ އެ ޓީމަށް 37 ލަނޑު ޖަހައިދީފައެވެ.

ރެއާލްއާއެކު އިސްކޯ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕް ތިން އަހަރު ކާމިޔާބުކޮށްފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި ފީފަ ކުލަބް ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކުރިއެވެ. އަދި ކޮޕާ ޑެލްރޭ އެއް ފަހަރު ހޯދިއެވެ.

- ކޮމެންޓް