ކ. މާލެ
|
21 މެއި 2022 | ހޮނިހިރު 16:06
މައުރީސިއޯ ޕޮޗެޓީނޯ
މައުރީސިއޯ ޕޮޗެޓީނޯ
ގެޓީ އިމޭޖަސް
އެމްބާޕޭގެ ކުރިމަގު
އެމްބާޕޭގެ ނިންމުމެއް ނޭންގެ، އެއީ އޭނާއާ ކުލަބާ ދެމެދު އޮތް ކަމެއް: ޕޮޗެޓީނޯ
 
ގެ ކުރިން ޕޮޗެޓީނޯ ބުނީ އެމްބާޕޭ އެ ޓީމުގައި މަޑުކުރާނެ ކަމަށް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭގެ މުސްތަގުބަލާ މެދު އޭނާ ނިންމާނެ ނިންމުމެއް ނޭނގޭ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އެމްބާޕޭގެ ކުރިމަގާ ގުޅޭ ގޮތުން ޕޮޗެޓީނޯ އާއި ސުވާލުކުރުމުން އޭނާ ބުނީ އޭނާއަށް އެކަމާ ގުޅޭ މައުލޫމާތެއް ނޭނގޭ ކަމަށެވެ. އަދި އެކަމަކީ އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު އޮތް ކަމެއް ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ. މީގެ އިތުުރުން ޕޮޗެޓީނޯ ބުނީ ކުލަބުގައި މަޑުކުރާނީތޯ ނުވަތަ ކުލަބް ދޫކޮށް އެހެން ޓީމަކަށް ބަދަލުވާނީތޯ ނިންމާނީ އެމްބާޕޭ ކަމަށެވެ. އަދި އެއީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފައެވެ.

ނަމަވެސް މީގެ ކުރިން ޕޮޗެޓީނޯ ބުނީ އެމްބާޕޭ އެ ޓީމުގައި މަޑުކުރާނެ ކަމަށެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އެއަށްފަހު އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެމްބާޕޭ އޭރު ސީދާ ވަކި އެެއްޗެއް ބުނެފައެއް ނުވެއެވެ.

ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ ހަވާލުވުމަށްފަހު އެމްބާޕޭ ބުނީ ކުރިމަގާ ބެހޭ ގޮތުން އަދި އެއްޗެއް ނުބުނާނެކަމަށާއި، ނަމަވެސް މިހާރު ގާތްގަނޑަކަށް ގޮތެއް ނިންމައިފިކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން ހާމަކުރާނެ ކަމުގައި ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ޖޫން މަހުގެ ތެރޭގައި ފްރާންސްގެ ޤައުމީ ޓީމާ ގުޅުމުގެ ކުރިން އޭނާގެ ނިންމުން ހާމަކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
50%
0%
50%
0%
0%
0%
ކޮމެންޓް