ކ. މާލެ
|
19 މެއި 2022 | ބުރާސްފަތި 08:15
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ
އޭއެފްސީ ކަޕް
ފުރަތަމަ މެޗުގައި މާޒިޔާ ބަލިވެއްޖެ
ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު ނިކުންނާނީ ގޯކްލަމް ކެރެލާ އެފްސީ އާ ދެކޮޅަށަށް
ރޭ ކުޅުނު މެޗުން މާޒިޔާ ބަލިވީ 1-0 ން

އޭއެފްސީ ކަޕްގެ ދެކުނު އޭޝިޔާގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ބަޝުންދަރާ އަތުން ބަލިވެއްޖެއެވެ.

ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މާޒިޔާ ބަލިވީ 1-0 ންނެވެ. މެޗު ފަށައިގެން ކުރީކޮޅު ބަޝުންދަރާއިން މޮޅަށް ކުޅުނު ނަމަވެސް، މާޒިޔާއިން ވަނީ މަޑު މަޑުން ގޭމެ ތެރަށް ވަދެ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ ބަޝުންދަރާގެ ފޯވާޑް ނުހާ މަރޮންގެވެ. އޭނާ މި ލަނޑު ޖެހީ މެދު ހާފާ ހަަމައިން ބަޝުންދަރާގެ ކުޅުންތެރިޔަކު ހުރަސްކުރި ބޯޅައަށް މާޒިޔާގެ ކީޕަރު ކިރަން ޝެމެޝޮން އަދި ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) ކުޅެން އުޅެނިކޮށް، ބޮލުން ޖައްސައި މަޑުމަޑުން ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރުމަށް މާޒިޔާއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ދެ ހަމަލާއެއް އުފައްދާފައެވެ. މާޒިޔާއަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ހަމަލާއެއް ބަޝުންދަރާގެ ކީޕަރު ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ. އޭގެ ފަހުން މާޒިޔާއަށް ލިބުނު ކޯނަރެއްގައި ޓަނާ ޑޮމިންގޭޒް ނަގައިދިން ބޯޅަ ނާއިޒު ހަސަން (ދާދު) ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ބޭރަށެވެ.

މި ގްރޫޕްގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު އޭޓީކޭ މޯހަން ބަގާން އާއި ގޯކްލަމް ކެރެލާ އެފްސީ ބައްދަލުކުރި މެޗު 4-2 ން ކާމިޔާބުކުރީ ގޯލްކަމް ކެރެލާ އެފްސީއެވެ.

މާޒިޔާގެ ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހު އެ ޓީމު ނިކުންނާނީ ގޯކްލަމް ކެރެލާ އެފްސީ އާ ދެކޮޅަށެވެ.

- ކޮމެންޓް