ކ. މާލެ
|
18 މެއި 2022 | ބުދަ 13:49
ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު
ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރު
ރާއްޖެ އެމްވީ
އައިސިސް ޖަމާއަތަށް ތާއީދު ކުރުން
ހޫދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތަކާއި ގުޅިގެން ލިޔެކިޔުންތައް ހަމަކުރަން ފުރުސަތު ދެއްވައިފި
ދައުވާތައް އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 އޭޕްރީލް 2022 ގައި
މައްސަލަ ބައްލަވަނީ ގާޒީ މުޙައްމަދު މިސްބާޙު
ހޫދުގެ އާއިލާގެ ފަރާތުން ދިފާއަށް މައްސަލަ ޙަވާލުކުރީ އަންގާރަ ދުވަހުގެ ވަގުތެއްގައި

ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާކަމަށް ތުހުމަތު ކުރެވޭ ކ. މާލެ، ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގެދައުވާތައްހުށައެޅިއިރު ޕީޖީ އޮފީހުން ބުނީ، އޭނާ ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތައް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާގެ މައްޗަށް މި ދައުވާތައް އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 އޭޕްރީލް 2022 ގައެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ މުޙައްމަދު މިސްބާޙު ވަނީ ދައުވާ ލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ކަށަވަރު ކޮށްދެއްވާފައެވެ. އެއަށްފަހު މަދުވާ ލިޔެކިޔުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދިފާއަށް ފުރުސަތެއް ދެއްވިއެވެ.

މި އަޑުއެހުމުގައި ހޫދުގެ ވަކީލު ޝީނާ މުޙައްމަދު ވިދާޅުވީ، ހޫދުގެ އާއިލާގެ ފަރާތުން މައްސަލަ ޙަވާލުކުރީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ވުމާއެކު، ގާޒީ ވަނީ ލިޔެކިޔުންތައް ހަމަ ކުރެއްވުމަށް ފުރުސަތެއް ދެއްވާފައެވެ. ވުމާއެކު، ދެން އަޑުއެހުމެއް އޮންނާނީ މި މައްސަލައިގެ ލިޔެކިޔުންތައް ހަމަކުރުމުގެ ބަޔަށް ފަހުއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ހޫދު މުޙައްމަދު ޒާހިރުއާ ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެއާ ޙިއްޞާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް ބޭރުގެ އެކި ޤައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަޙުޤީޤީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

- ކޮމެންޓް