ކ. މާލެ
|
18 މެއި 2022 | ބުދަ 06:47
އުރީދޫ އިސްރަށްވެހިން ޕޯސްޓްޕެއިޑް
އުރީދޫ އިސްރަށްވެހިން ޕޯސްޓްޕެއިޑް
އުރީދޫ
އިސްރަށްވެހިން
އިސްރަށްވެހިންނަށް ޚާއްސަ ޕެކޭޖެއް އުރީދޫއިން ތައާރަފުކޮށްފި
60 އަހަރުން މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން %30 ހަމައަށް ޑިސްކައުންޓް

އުރީދޫ މޯލްޑިވްސްއިން އިސްރަހަވެހި ޕްލޭން ތައާރަފުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ތައާރަފްކުރި "އިސްރަހަވެހި ޕްލޭން" އަކީ، މި އަހަރުގެ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް އުރީދޫއިން ހިންގާ ޙަރަކާތްތަކުގެ ތެރެއިން، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ޕޯސްޓްޕެއިޑް ޕްލޭނެކެވެ. އުރީދޫއިން ބުނީ މި ޕްލޭނަކީ ޓެލެކޮމިއުނިކޭޝަންސް ދުވަހުގެ ޝިއާރުގައި ބާރުއަޅާފަދައިން ދޮށީ އުމުރުގެ މީހުންވެސް ޓެކްނޮލޮޖީ ބޭނުންކުރުމަށް ހިތްވަރުދީ، ފާގަތި ދުޅަހެޔޮ ދިރުއުޅުމަކަށް އެފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްލޭނެއް ކަމަށެވެ.

މި ޚާއްޞަ ޕެކޭޖް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. "އުރީދޫގެ ސީނިއަރ ސިޓިޒަން "ޕޯސްޓްޕެއިޑް" އޮފާއާއެކު އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގެ ބައިވެރިވުން އިތުރު ވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް މި ޕެކޭޖް އިފްތިތާޙްކޮށްދެއްވަމުން ޖެންޑަރ މިނިސްޓަރު ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އަލަށް ތައާރަފްކުރި ޕެކޭޖް ކަމަށްވާ "އިސްރަހަވެހިންގޭ ޕެކޭޖް" މެދުވެރިކޮށް 60 އަހަރާއި މަތީގެ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް މަހުފީ އިން %30 ހަމައަށް ޑިސްކައުންޓްގެ އިތުރުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ވައިބާ ބޭނުންކުރުމަށް ހިލޭ ޑޭޓާ ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ޕެކޭޖަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ޚާއްސަ އޮފާތައްވެސް ލިބިގެންދާނެއެވެ.

އިސްރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ ގޮތުން ޑިޖިޓަލް ޓެކްނޮލޮޖީއަށް އަހުލުވެރިވާ މިންވަރު ހަލުވިކުރުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މިއަހަރުވެސް ކުރިއަށް ގެންދާކަމުގައި އުރީދޫއިން މައުލޫމާތުދެއެވެ. އަދި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމަކީ 2018 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިން ތަޢާރަފްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް އުރީދޫއިން ބުނެއެވެ.

- ކޮމެންޓް