މަޖިލީހުގައި އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކުރުމަށް ވޯޓުލާން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެމަނިކުފާނު އިދިކޮޅުގައި ހުންނެވި ނަމަ ވޯޓު ލާނީ އެ އޯޑަރސް ސަސްޕެންޑް ނުކުރުމަށް ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެފައިވާކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރެނު ބަޔާނެއްގައި ބުނެފައި ވަނި އިދުކޮޅު މެމްބަރުން ކަމަށްވާ އެމް.އޭ ސުމަންތިރަން، ރައުފް ހަކީމް އަދި މަނޯ ގަނެސަން އާއެކު ހޯމަ ދުވަހު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކޮށް ރައީސް ގޮބަޔާގެ އިތުބާރުނެތް ކަމުގެ ބަހުސް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބޮޑުވަޒީރަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެގޮތުން ބޮޑުވަޒީރު ވަނީ މަޖިލީހުން ބޭނުން ވަނީ މިދިޔަ ހަފުތާގައި ހިނގި ހަމަނުޖެހުންތަކުގައި ގެއްލުން ލިބުނު މެމްބަރުން ހިމެނޭހެން އެކަން ކަމުގެ ބަހުސް ކުރިއަށް ގެންދަން ކަމަށާއި އެކަންކުރުމުގެ ފުރުސަތު ދޭންވާނެ ކަމަށް ވިދާޅުވެފައިވާކަމަށް ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރައީސްއާ ދެކޮޅަށް ހުށަހަޅާފައިވާ ކަންތައް ވެސް ހުށަހެޅިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވާ ކަމަށްވެއެވެ.
މީގެ އިތުުރުން ގެތަކަށް ގެއްލުން ލިބުނު މެމްބަރުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކުރަން ވޯޓުނުލާނެ ކަމަށާއި އެމެމްބަރުންނަށް މުހިންމު ވާނީ އެމެމްބަރުންގެ ގެތަކަށް ލިބުނު ގެއްލުމެ ކަންތައްތައް ހައްލުކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވާކަމަށްވެއެވެ.
މިކަންތައް އަންގާރަ ދުވަހު މެމްބަރު ސުމަންތިރަން އަށް ކިޔާދެއްވި ކަމަށާއި އެހެން ނަމަވެސް އިދިކޮޅުން ނިންމާފައި ވަނީ މުޅިން ނުބައިކޮށް ކަމަށް ބޮޑުވަޒީރުގެ އޮފީހުގެ ބަޔާނުގައިވެއެވެ. އެގޮތުން އިދިކޮޅުން ސްޓޭންޑިންގ އޯޑަރސް ސަސްޕެންޑް ކުރަން ނިންމުމުން ސަރުކާރުގެ މެމްބަރުން މި ނިންމުމުގެ ބޭނުން ހިފައި ރައީސް ގޮތަބަޔާ އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ބޭރުކޮށްލުމަށް މަސައްކަތްކުރާނެ ކަމަށް ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ.