Advertisement
ކ. މާލެ
|
15 މެއި 2022 | އާދީއްތަ 04:47
މޫސުން ގޯސްދުވަހެއްގައި ކަނޑުދަތުރުކުރަނީ
މޫސުން ގޯސްދުވަހެއްގައި ކަނޑުދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން އދ އަތޮޅަށް ވައިޓް އެލާޓް
މެޓް އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން އދ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ފަތިހު 4:15ން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 8:15ށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. މިވަގުތުތަކުގައި އެސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

މެޓް އޮފީހުން ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާ ގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް