ކ. މާލެ
|
14 މެއި 2022 | ހޮނިހިރު 03:41
މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'މަޖީދީ ރަން' ގެ ޓޯޗް އަރުވަނީ
މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'މަޖީދީ ރަން' ގެ ޓޯޗް އަރުވަނީ
ރައީސް އޮފީސް
މަޖީދީ ރަން އިފްތިތާޙުކުރުން
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ’މަޖީދީ ރަން‘ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
މި ދުވުމުގެ ޙަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތެއް
މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'މަޖީދީ ރަން' ގެ ޓޯޗް އަރުވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، 'މަޖީދީ ރަން' އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

‎މިގޮތުން ހުކުރު ދުވަހުގެ ރޭ މުލީއާގެ ކުރިމަތީގައި ބޭއްވެވި މި ރަސްމިއްޔާތެއްގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'މަޖީދީ ރަން' ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިންގ ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލާއި ޙަވާލުކޮށްދެއްވާފައެވެ.

‎މިރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ވަނީ 'މަޖީދީ ރަން' ގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވާ ‘މަޖީދީ ރަން’ އާ ގޫޅޭ ޚާއްޞަ ޓީޝާޓެއް ވެދުންކުރައްވާފައެވެ.

‎މި ދުވުމުގެ ޙަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

'މަޖީދީ ރަން' އަކީ މެދުނުކެނޑި 95 ގަޑިއިރުވަންދެން ކުރިޔަށް ގެންދާ ރަންއެކެވެ. ރަން ކުރިޔަށް ދަނީ މާލޭގެ ޓްރެކް ދަނޑުގައެވެ. ރަންބަލާލުމަށް ވީހާވެސް ގިނަ މަޖީދިއްޔާ ސްކޫލްގެ އެހާރާ މިހާރުގެ ދަރިވަރުންނާއި ސްކޫލްއަށް ހެޔޮއެދޭ ފަރާތްތަކުން ދިއުމަށް ރަން އިންތިޒާމް ކުރާ ފަރާތުން އެދިފައި ވެއެވެ.

- ކޮމެންޓް