ކ. މާލެ
|
13 މެއި 2022 | ހުކުރު 10:08
އެސްޓީއޯ: 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 65ރ. ބަހަން ވަނީ ނިންމާފައި
އެސްޓީއޯ: 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 65ރ. ބަހަން ވަނީ ނިންމާފައި
ރާއްޖެއެމްވީ
އެސްޓީއޯއިން ހިއްސާ ބެހުން
އެސްޓީއޯއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ހުށަހަޅައިފި
މިއީ އެސްޓީއޯއިން ފަހުގެ ތާރީހެއްގައި ހިއްސާގެ ފައިދާގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ބަހާ ފަހަރު

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2021 އަހަރުގެ ހިއްސާގެ ފައިސާގެ ގޮތުގައި ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ 2022 މެއި 12 ވަނަ ދުވަހު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންނެވެ. މިއީ ފަހުގެ ތާރީހެއްގައި އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހުށަހެޅި ފަހަރެވެ.

އާއްމުކޮށް އެސްޓީއޯއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ބަހައެވެ. ފާއިތުވި ހަތަރު އަހަރު ވަނީ އަހަރަކަށް ފަހު އަހަރެއް އިތުރުވެފައެވެ.

އެސްޓީއޯގެ ހިއްސާއަކަށް ޖެހޭ ފައިދާ އިތުރު ވެފައިވަނީ 2021 އަހަރު އެ ކުންފުނީގެ އާމްދަނީ އާއި ސާފު ފައިދާ ވެސް އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައިވާތީއެވެ. އެގޮތުން އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރު އެ ކުންފުންޏަށް 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ސާފު ފައިދާގެ ގޮތުގައި 478.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ބޯޑުން ހިއްސާއަކަށް 65 ރުފިޔާ ފާސްކުރަން ހުށަހަޅާފައިވާއިރު އެ އަދަދު ފާސްކުރާނީ މިއަހަަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. މި ޖަލްސާ ބާއްވާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވެއެވެ.

މިއަހަރު ބާއްވާ އަހަރީ އާއްމު ޖަލްސާގައި އެސްޓީއޯގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރެއްވެސް އައްޔަން ކުރާނެއެވެ. އާއްމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރަކު އައްޔަން ކުރާނީ ހިއްސާދާރުންގެ ވޯޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް