ފޭސްބުކްގައި ޝާހީ އާއިލާއަށް ފާޑުކިއުމުން 35 އަހަރަށް ޖަލަށް ލުމަށް ތައިލެންޑުގެ ރައްޔިތަކަށް ހުކުމް ކޮށްފިއެވެ.
އުމުރުން 34 އަހަރުގެ ތައިލެންޑުގެ ރައްޔިތުމީހާ ޖަލަށް ލުމަށް ބެންކޮކްގެ މިލިޓަރީ ކޯޓުން ހުކުމް ކޮށްފައި ވަނީ ފާޑުކިޔާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ޕޯސްޓުކުރުމުންނެވެ. ފޭސްބުކްގެ އެކި އެކައުންޓްތަކުން ވަދެ ފާޑުކިޔާފައިވާ ފޮޓޯތަކާއި ވީޑިއޯތައް އެމީހާ ޕޯސްޓްކޮށްފައިވާ ކަމަށް ބެންކޮކްގެ މިލިޓަރީ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައި ވެއެވެ.
ނާ ކޮށްފައިވަނީ ކުށެއް ކަމަށް ކަނޑައަޅައި ކޮންމެ ކުށަކަށް 7 އަހަރުގެ ހުކުމެއް ވަނީ ކޮށްފައެވެ.
އެގޮތުން ޖުމްލަ 10 ކުށަކަށް 70 އަހަރުގެ ހުކުމެއް އޭނާގެ މައްޗަށް ކުރިއެވެ. އެހެން ނަމަވެސް އެ އަދަބު 35 އަހަރަށް ލުއިކޮށްފައި ވަނ ކުށަށް އިއުތިރާފްވުމުންނެވެ.
ތައިލެންޑުގެ ޝާހީ ބޭފުޅުންގެ އަބުރުފުޅާ ބެހިގެން މީގެ ކުރިން ވެސް ވަނީ އަދަބު ދީފައެވެ.
މީގެ އިތުރުން ތައިލެންޑުގެ ކްރިމިނަލް ކޯޓުން ވަނީ ތައިލެންޑުގެ ރަސްކަމުގެ ކޮއިލުތެރޭގެ ވާހަކަތައް ކަމަށްބުނެ އަޕްލޯޑް ކޮށްފައިވާ އޯޑިއޯއަކާ ގުޅޭ ގޮތުން ވެސް މީހަކު ހައްޔަރުކޮށް ދެ އަހަރާއި ފަސް މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
ޔުނައިޓެޑް ނޭޝަނުން ވަނީ ތައިލެންޑުގެ ގާނޫނު ހަދާފައި އޮންނަނީ އިންސާނީ ހައްގުތަކާ ޚިލާފަށް ކަމަށް ބުނެފައެވެ.