ކ. މާލެ
|
9 ޖޫން 2017 | ހުކުރު 20:31
އައިސިސް އިން އިރާގުގެ ކަރުބަލާ ކައިރިން ހުކުރު ދުވަހު ދީފައިވާ ހަމަލާގެ މަންޒަރެއް
އައިސިސް އިން އިރާގުގެ ކަރުބަލާ ކައިރިން ހުކުރު ދުވަހު ދީފައިވާ ހަމަލާގެ މަންޒަރެއް
ރޮއިޓަރސް
ައައިސިސް
އައިސިސް އިން ހަމަލާދީ އިރާގުގައި ހުކުރު ދުވަހު 20 މީހުން މަރާލައިފި
ހަމަލާދީފައިވަނީ ގައިގައި ގޮވާތަކެތީގެ ބެލްޓެއް ހަރުކޮށްގެން

އިރާގުގެ ކަރުބަލާ ކައިރިން އައިސިސް އިން ހުކުރު ދުވަހު ދިން ހަމަލާއެއްގައި ވިހި މީހުން މަރުވެއްޖެއެވެ. ހަމަލާ ދީފައިވަނީ ގައިގައި ގޮވާތަކެތީގެ ބެލްޓެއް ހަރުކޮށްގެން ހުރި މީހަކު އެ ތަކެތި ގޮއްވާލުމުގެ ސަބަބުންނެވެ. ހަމަލާގައި މަދުވެގެން ވިހި މީހުން މަރުވެފައިވާ ކަމަށް ބެލޭއިރު ފަންސަވީހަށްވުރެ ގިނަ މީހުން ޒަހަމްވި ކަމަށް މައުލޫމާތު ލިބެއެވެ.

އައިސިސް އިން ވަނީ މިއީ އެމީހުން ދިން ހަމަލާއެއް ކަމަށް ބުނެ އަމަގް ނިއުސް އޭޖެންސީ މެދުވެރިކޮށް އެކަން ހާމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް