ކ. މާލެ
|
11 މެއި 2022 | ބުދަ 07:48
ލިވަޕޫލް މެޗުން މޮޅުކޮށްދިނީ މާނޭ
ލިވަޕޫލް މެޗުން މޮޅުކޮށްދިނީ މާނޭ
ޕްރިމިއަރ ލީގު
އިނގިރޭސި ޕްރިމިއަރ ލީގު
އެސްޓަން ވިލާ ބަލިކޮށް، ލިވަޕޫލުން އުއްމީދު ދަމަހައްޓައިފި
ލިވަޕޫލާއި ސިޓީއަށްވެސް މިހާރު ލިބިފައިވަނީ 86 ޕޮއިންޓް

2-1 ން އެސްޓަން ވިލާ ބަލިކޮށް, އިނގިރޭސި ޕްރިމިއަރ ލީގު ހޯދުމުގެ އުއްމީދު ލިވަޕޫލުން ދަމަހައްޓައިފިއެވެ. މެޗުން މޮޅުވެ ލިވަޕޫލް ވަނީ ތާވަލްގެ އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީއާ އަރާ ހަމަކޮށްފައެވެ. އެކަމަކު އެއީ މެޗެއް އިތުރަށް ކުޅެގެންނެވެ.

އެސްޓަން ވިލާގެ މައްޗަށް ލިވަޕޫލުން ކުރިހޯދީ ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ. މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ލަނޑު ޖަހާ އެސްޓަން ވިލާއަށް ކުރިހޯދައިިދިނީ ޑަގްލަސް ކުއިޒްއެވެ. އެކަމަކު އޭގެ ދެމިނިޓްފަހުން މަޓިޕް ލަނޑުޖަހާ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ލިވަޕޫލް މެޗުން މޮޅުކޮށްދީ, ލީގުގެ އުއްމީދު ހޯދައިދިނީ މާނޭއެވެ. ޑިއާޒް ތަނަވަސްކޮށްދިން ފުރުޞަތަކުން މާނޭ ލަނޑު ޖެހީ 65 ވަނަ މިނިޓްގައެވެ.

ޕްރިމިއަރ ލީގަށް ވާދަކުރަމުން އަންނަ ލިވަޕޫލަށް ކުރިއަށް އޮތީ ޗެލްސީއާ ދެކޮޅަށް ކުޅޭ އެފްއޭކަޕް ފައިނަލެވެ. ސީޒަންގައި ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ. އެކަމަކު އެއީ ލީގުގައި މެންޗެސްޓަރ ސިޓީ މެޗަކުން ބަލިވެގެންނެވެ. މިރޭ ދަންވަރު ސިޓީ ނިކުންނާނީ ވުލްވްސްއާ ދެކޮޅަށެވެ.

- ކޮމެންޓް