ކ. މާލެ
|
10 މެއި 2022 | އަންގާރަ 18:44
އެމެރިކާއިން ޔޫކްރެއިނަށް އިތުރު އެހީގެ ގޮތުގައި 39.8 ބިލިއަން ޑޮލަރު ފޯރުކޮށްދޭން ނިންމައިފި
އެމެރިކާއިން ޔޫކްރެއިނަށް އިތުރު އެހީގެ ގޮތުގައި 39.8 ބިލިއަން ޑޮލަރު ފޯރުކޮށްދޭން ނިންމައިފި
ރޮއިޓާސް
އެމެރިކާއިން ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުން
އެމެރިކާއިން ޔޫކްރެއިނަށް 39.8 ބިލިއަން ޑޮލަރުގެ އެހީ
އެމެރިކާގެ ކޮންގްރެޝަނަލް ޑިމޮކްރެޓުން ދަނީ ވީހާވެސް އަވަހަކަށް މިއެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން
އަލަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި، އަސްކަރީ އެހީގެ ގޮތުގައި ދިނުމަށް އިތުރު 3.4 ބިލިއަން ޑޮލަރު، އަދި އިންސާނީއެހީގެ ގޮތުގައި އިތުރު 3.4 ބިލިއަން ޑޮލަރު ވަނީ އިތުރުކޮށްފައި
މި އެހީތައް ދިނުން ލަސްވާނަމަ، ނުވަތަ ކޮންގްރެސްގައި މިކަމުގެ ވޯޓުލުން ލަސްވާނަމަ އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ހަތިޔާރު ފޯރުކޮށްދިނުމުގައިވެސް ލަސްތަކާ ކުރިމަތިވެދާނެ

އެމެރިކާއިން ޔޫކްރެއިނަށް އިތުރު އެހީގެ ގޮތުގައި 39.8 ބިލިއަން ޑޮލަރު ފޯރުކޮށްދޭން ނިންމައިފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން, އެމެރިކާގެ ކޮންގްރެޝަނަލް ޑިމޮކްރެޓުން ދަނީ ވީހާވެސް އަވަހަކަށް މި އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން ޑިމޮކްރެޓުންގެ މިހުށަހެޅުމުގެ ތަފްސީލުތައް އެނގޭ ދެމީހުންނާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން، މިއެހީތައް ދިނުން ލަސްވާނަމަ، ނުވަތަ ކޮންގްރެސްގައި މިކަމުގެ ވޯޓުލުން ލަސްވާނަމަ އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ހަތިޔާރު ފޯރުކޮށްދިނުމުގައިވެސް ލަސްތަކާ ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

އެގޮތުން ސެނެޓް ލީޑަރުންވެސް ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމުގެ ކަންތައްތައް އަވަހަށް ކުރިއަށް ގެންދަން ތައްޔާރަށް ތިއްބެވިކަން ފާހަގަކުރާއިރު، ރައީސް ޖޯ ބައިޑަން މިދިޔަ މަހު ހުށަހެޅި 33 ބިލިއަނަށް ވުރެ ބޮޑު އަދަދެއްގެ މި އެހީ ދިނުމަށް އަންގާރަ ދުވަހުވެސް ފާސްކުރުމުގެ ފުރުސަތު ހައުސް އޮފް ރިޕްރެސެންޓޭޓިވްސްއަށް އެބައޮތް ކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ އެހީގެ ގޮތުގައި މިއެހީއާ އެއްކުރަން އުޅުނު އެހީ، މިހާރު ވަކި އެހީއެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވާކަމަށްވެސް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ، ޔޫކްރެއިނަށް އެހީގެ ގޮތުގައި 33 ބިލިއަން ޑޮލަރު ފޯރުކޮށްދޭން ހުށަހަޅާފައެވެ. މީގެ ތެރެއިން 20 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހުށަހަޅާފައި ވަނީ އަސްކަރީ އެހީގެ ގޮތުގައެވެ.

މިހާރު އަލަށް ހުށަހަޅާފައިވާ ހުށަހެޅުމުގައި އަސްކަރީ އެހީގެ ގޮތުގައި ދިނުމަށް އިތުރު 3.4 ބިލިއަން ޑޮލަރު ވަނީ އިތުރުކޮށްފައެވެ. އަދި އިންސާނީއެހީގެ ގޮތުގައި ދިނުމަށްވެސް އިތުރު 3.4 ބިލިއަން ޑޮލަރު އިތުރުކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެމެރިކާގެ ޑިމޮކްރެޓުންނާއި ރިޕަބްލިކަންސްވެސް ބުނެފައިވަނީ ޔޫކްރެއިނަށް އިތުރު އެހީ ފޯރުކޮށްދޭން ތާއީދު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް