Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
9 މެއި 2022 | ހޯމަ 11:09
ގދ. ގައްދޫ ބަނދަރު މަސައްކަތް ފެށުމަށް ސައިޓް މޮބަލައިޒް ކުރުން
ގދ. ގައްދޫ ބަނދަރު މަސައްކަތް ފެށުމަށް ސައިޓް މޮބަލައިޒް ކުރުން
އެމްޓީސީސީ
ގައްދޫ ބަނދަރު މަސައްކަތް ފަށަން ތައްޔާރުވުން
ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށަނީ
ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 38.4 މިލިއަން ރުފިޔާގެ މަޝްރޫއެއް

ގދ.ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ތައްޔާރުވެ، މިމަހުގެ 7ވަނަ ދުވަހު ސައިޓް މޮބަލައިޒް ކުރެވިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިމަޝްރޫއުގެ ދަށުން 23017 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 320 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 35 މީޓަރު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 232 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި 320 މީޓަރު ސްކައުރިން އޭޕްރަންއެއް ހެދުމާއި، 1600 އަކަ މީޓަރު ސަރަހައްދެއްގައި ހާބަރ ޕޭވްމެންޓް ހެދުން ހިމެނެއެވެ.

Advertisement

އަދި މީގެ އިތުރުން 26 މީޓަރު ދިގު 2 މީޓަރު ފުޅާ ބުރިޖެއް ހެދުމާއި، މަގު ބައްތި ހަރުކުރުމާއި ނެރު ބައްތި ހަރުކުރުންވެސް މިމަޝްރޫގައި ހިމެނެއެވެ.

މިއީ 38.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް