ކ. މާލެ
|
4 މެއި 2022 | ބުދަ 19:54
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕައުލޯ ޑިބާލާ
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕައުލޯ ޑިބާލާ
ގެޓީ އިމޭޖަސް
ޑިބާލާ ޔުވެންޓަސް ދޫކޮށްލުން
ޑިބާލާ ޔުވެންޓަސް ދޫކޮށް އިންޓައާއި ގުޅެނީ
 
އިންޓައާއެކު ޑިބާލާ ހެދުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނޭ
 
ޔުވެންޓަސް އާއެކު ޑިބާލާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ޖޫން މަހުގެ 30 ވަނަ ދުވަހު

އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕައުލް ޑިބާލާ މި ސީޒަން ނިންމުމަށްފަހު އެޓީމު ދޫކޮށްލައި އިންޓަ މިލާނާއި ގުޅޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިޓަލީގެ ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުން ޑިބާލާ ވަނީ އިތުރަށް ޔުވެންޓަސްގައި މަޑު ނުކުރުމަށް ނިންމާފައެވެ. ޔުވެންޓަސް އާއެކު ޑިބާލާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ކުރިއަށް އޮތް ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެހެންކަމުން އޭނާ ބޭނުން ކްލަބަކަށް ފްރީ ޓްރާންސްފަރއެއްގައި ދިއުމުގެ ފުރުސަތު އެބައޮތެވެ.

އިޕޯޓުތައް ބުނާ ގޮތުން ޑިބާލާ މިހާރު ވަނީ އިންޓަ މިލާނާއި މަޝްވަރާތައްކޮށް ނިންމާފައެވެ. އަދި އިންޓައާއެކު ޑިބާލާ ހެދުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނަކު އޭނާއަށް ހަމިލިއަން ޔޫރޯ ލިބޭނެއެވެ.

ޑިބާލާ އަންނަ ސީޒަންގައި އިންޓައަށް ކުޅެން ނިންމާފައި ވާއިރު، އޭނާ ހޯދުމަށްޓަކައި ގިނަ ކްލަބުތަކަކުން އަންނަނީ މަސައްކަތް ކިރަމުންނެވެ. އޭގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑް، ޓޮޓެންހަމް އަދި އެތުލެޓިކޯ މެޑްރިޑް ހިމެނެއެވެ.

ޔުވެންޓަސްގައި ޑިބާލާ ވަނީ 289 މެޗު ކުޅެގެން 114 ލަނޑުޖަހާ، 48 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ޔުވެންޓަސްއާއެކު އޭނަ ވަނީ ފަސް ފަހަރު ސްކޫޑޭޓޯ ކާމިޔާބު ކުރުމުގެ އިތުރުން ހަތަރު ފަހަރު ކޮޕާ އިޓާލިއާ ކާމިޔާބުކޮށް، ތިން ފަހަރު ސުޕަކޮޕާ އިޓާލިއާނާ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް