ކ. މާލެ
|
4 މެއި 2022 | ބުދަ 13:03
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި
ރާއްޖެއެމްވީ
ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް
ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި
ގއ. އިން ފެށިގެން ދެކުނުގެ ހުރިހާ ރަށަކަށް ވަނީ ޔެލޯ އެލަރޓް ނެރެފައި
އެލަރޓް ނެރުނީ ހަވީރު 4:30 އާ ހަމައަށް

ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން ހަވީރު 4:30 އަށް ދެކުނުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުގަދަވާނެ ކަމަށެވެ. އެގޮތުން، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ.

ބުދަ ދުވަހުގެ މޫސުން ދައްކާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންވެ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދެއެވެ.

- ކޮމެންޓް