ކ. މާލެ
|
9 ޖޫން 2017 | ހުކުރު 04:26
ޔޫތް ސުޕާ ސްޓައިލް ބެޓުލްގެ ޕްރޮމޯޝަނަލް ފޮޓޯ
ޔޫތް ސުޕާ ސްޓައިލް ބެޓުލްގެ ޕްރޮމޯޝަނަލް ފޮޓޯ
ޔޫތު މިނިސްޓްރީ
ޔޫތް ސުޕާ ސްޓައިލް ބެޓްލް
"ޔޫތް ސުޕާ ސްޓައިލް ބެޓްލް 2017" ގެ ޖަޖުންގެ ނަންތަށް އިއުލާން ކޮށްފި
މިއީ ރަމަޝާން މަހަށް ޙާއްސަކޮށްގެން ޔޫތް މިނިސްޓްރީއިން ރާވާ ހިންގާ މުބާރާތެއް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 9 ޖޫން 2017 ވާ ހުކުރު ދުވަހު

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން، ރަމަޟާން މަހަށް ޙާއްސަކޮގެން އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޔޫތް ސުޕާ ބެޓްސް 2017" ފްރީ ސްޓައިލް ފޫޓްބޯލް ޗެމްޕިއަންޝިޕްގެ 3 ޖަޖުންގެ ނަން އިއުލާންކޮށްފިއެވެ.

ދިރާގުން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ 3 ޖަޖުންނަށް ހަމަޖައްސާފައިވަނީ، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަހްމަދު އަޝްފާން (އަޝްކޮ) އާއި، ރާއްޖޭގެ މަޝްހޫރު އަދި ޒުވާން ނެށުންތެރިޔާ ޝަރަފުލް އަމީރު (ޝަރަފް) އާއި، ރާއްޖޭގެ ސްޓްރީޓް ސްޓައިލް އައިޑޮލް މުހަންމަދު ސައިފް ޒާހިރު (ސައިފް) އެވެ.

މުބާރާތުގެ ޖަޖް އަޝްކޮ އަކީ ރާއްޖޭގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ، އަދި މިހާރުވެސް ފުރަތަމަ ޑިވިޝަނުގައި ފުޓުބޯޅަ ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ޙާއްސަކޮށް ފުޓްސަލްގައި އަޝްކޮއަކީ މުޅި ރާއްޖޭގެ އެންމެ މިޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.

މުބާރާތުގެ ޖަޖް ޝަރަފް އަކީ، ރާއްޖޭގައި ނަންހިނގާ މަޝްހޫރު އަދި ޒުވާން ނެށުންތެރިއެއްގެ އިތުރުން ކޮރިއޮޓިކްސް ކްރިވްގެ ފައުންޑާ މެމްބަރެކެވެ. ކޮރެއޮގްރާފަރެއްގެ ގޮތުގައި މުނިފޫހި ފިލުވުމުގެ ދާއިރާގެ ގިނަ ބައެއްގެ އިހުތިރާމް ހޯދާފައިވާ ޝަރަފް ވަނީ މިނިވަން 50 ހަރަކާތުގެ ލެޑް ޑާންސްގެ ކޮރެއޮގްރަފީ ޓީމުގައިވެސް މަސައްކަތް ކޮށްފައެވެ.

މުބާރާތުގެ ޖަޖް ސައިފް އަކީ ރާއްޖޭގައު ބޭއްވުނު ރެޑްބުލް ސްޓްރީޓް ސްޓައިލް މުބާރާތް ވިދިވިދިގެން 2 ފަހަރު ކާމިޔާބު ކޮށްފައޮވާ ރާއްޖޭގެ ސްޓްރީޓް ސްޓައިލްގެ އައިޑަލް އެވެ. އޭނާ ވަނީ ވޯލްޑް ފައިނަލްސް އޮފް ރެޑްބުލް ސްޓްރީޓް ސްޓައިލް މުބާރާތުގައި 2 ފަހަރު ރާއްޖެ ތަމްސީލް ކޮށްފައެވެ.

ޒުވާނުންނަށް ޙާއްސަކޮށްގެން މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓް ކުރުމަށް ހަމަޖެހިފައިވަނީ، ކުޅިވަރު ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ، އަދި މިފަދަ ގިނަ މުބާރަތްތަކެއް ހޯސްކޮށްފައިވާ ނާފިއު އަޝީދް އެވެ.

ޒުވާނުންގެ މަރުކަޒުގެ ކުރިމަތީގައި ބޭއްވުމަށް ޖަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 9 ޖޫން 2017 ވާ ހުކުރު ދުވަހުއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރުޝްދާ ރަޝީދު
- ކޮމެންޓް