ކ. މާލެ
|
3 މެއި 2022 | އަންގާރަ 07:11
ޖަރމަނީއާއި އިންޑިއާއާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުން
ޖަރމަނީއާއި އިންޑިއާއާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުން
ރޮއިޓާރސް
ޖަރމަނީއިން އިންޑިއާއަށް އެހީވުން
މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ޖަރމަނީއިން އިންޑިއާއަށް މާލީ އެހީ ފޯރުކޮށްދެނީ
ޖަރމަނީއިން އޭޝިއާގެ ގައުމުތަކާއެކު ސިޔާސީ ގުޅުން ވަރުގަދަކުރުމަށް އަންނަނީ މަސައްކަތްކުރަމުން

އިންޑިއާއިން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޖަރމަނީއިން 10.51 ބިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެއެވެ.

މި މަސައްކަތުގައި ޖަރމަނީއިން އިންޑިއާއަށް އެހީވުމަށް ނިންމާފައިވަނީ ޖަރުމަނު ޗާންސެލަރ އޮލާފް ޝޯލްޒްއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެމެދު ހޯމަ ދުވަހު ބަރލިންގައި ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ބައްދަލުވުމަށްފަހު މީޑިއާތަކަށް ދެއްވި ސްޓޭޓްމެންޓެއްގައި ޝޯލްޒް ވަނީ އެ ދެ ގައުމުން ހާސިލްކުރަން މަސައްކަތްކުރަމުންދާ އެއްގޮތް ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. މީގެ ތެރޭގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ގައުމުތަކާއެކު ސިޔާސީ ގުޅުން ގާއިމްކުރުމަށް މަސައްކަތްކުރުން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ރަޝިއާއާއި ޔޫކްރެއިނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅޭގޮތުން ދެގައުމުގެ ވިސްނުން ތަފާތެވެ.

ޖަރމަނީއިން މިހާރު މަސައްކަތްކުރަމުންދަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާއެކު ސިޔާސީ ގުޅުން ވަރުގަދަކޮށް ވިޔަފާރީގެ ގުޅުންތައްވެސް ގާއިމުކުރުމަށެވެ. މިގޮތުން މީގެ ދުވަސްކޮޅެއް ކުރިން ޝޯލްޒް ވަނީ ޖަޕާނަށް ވަޑައިގެން މިކަމުގެ މަޝްވަރާތަކެއް ކުރައްވާފައެވެ.

- ކޮމެންޓް