ކ. މާލެ
|
9 ޖޫން 2017 | ހުކުރު 03:30
ޔުނައިޓެޑްގެ ތަރި އިބްރާހިމޮވިޗް
ޔުނައިޓެޑްގެ ތަރި އިބްރާހިމޮވިޗް
ގޫގުލް
ޓްރާންސްފާ މާކެޓް
ޔުނައިޓެޑުން އިބްރާހިމޮވިޗް ދޫކޮށްލަނީ
މި ހިންގާ ޖޫން މަހުގެ 30 ވަނަ ދުވަހު އިބްރާހިމޮވިޗް ގެ ކޮންޓްރެކްޓް ހަމަވާނެ
އަނިޔާއިން ސަލާމަތްވެ އިބްރާހިމޮވިޗް އަށް ކުލުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވެނީ އަންނަ ޖެނިއަރީ މަހުގައި

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެންގެ ތަރި އިބްރާހިމޮވިޗަށް އާ ކޮންޓްރެކްޓެއް ހުށައަޅާނެކަމަށް ނުބެލެވޭ ކަމަށް އީއެސްޕީއެން އިން ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ޙަބަރު ފަތުރާ މީޑިއާއެއް ކަމަށްވާ އީއެސްޕީއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޔުނައިޓެޑުން ވަނީ އިބްރާހިމޮވިޗް އަށް ރިލީޒް ދޭން ނިންމާފައެވެ. އެގޮތުން، މި ހިނގާ ޖޫން ހަމުގެ 30 ވަނަ ދުވަހު އިބްރާހިމޮވިޗް ޔުނައިޓެޑާއެކު ހަދާފައިވާ 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވާއިރު، ޔުނއިޓެޑުން އިބްރާހިމޮވިޗަށް އާ ކޮންޓްރެކްޓެއް ހުށަ ނާޅާނެކަމަށް އީއެސްޕީއެންއިން ވަނީ ރިޕޯޓްކޮށްފައެވެ.

ފާއިތުވި ސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ކުޅުމަށްފަހު މިސީޒަނުގައި ޔުނައިޓެޑާއި ގުޅި އޭނާ ވަނީ މިވީތަނަށް އެޓީމަށް 46 މެޗު ކުޅެދީ 28 ގޯލު ކާމިޔާބުކޮށްދީފައެވެ. ޔުނައިޓެޑުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް އޭނާގެ ކުރިމަގަށް ހުރަސްއެޅުނީ، ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް މެޗުގައި އޭނާގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާ އަކާއި ގުޅިގެންނެވެ. ރިޕޯޓްތަށް ބުނާގޮތުން އަންނަ، އެންމެ އަބަހަށްވެސް އިބްރާހިމޮވިޗް އަށް އެންބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ އަންނަ ޖެނިއަރީ މަހުގައެވެ. ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ވަނީ ފާއިތުވި މޭ މަހުގެ ތެރޭގައި ސާޖަރީއެއްވެސް ހަދާފައެވެ.

އިބްރާހިމޮވިޗްއަށް ގިނަ ކުލަބު ތަކަކުން ފާރަލަމުން އަންނަ އިރު މީގެ ކުރިން އޭނާގެ އޭޖެންޓް މީނޯ ރައިއޯލީ ބުނެފައިވަނީ ޔުނައިޓެޑުގައި އޭނާއަށް ޖާގަ އޮތްނަމަ ކުލަބުގައި އޭނާ ބަހައްޓާނެކަމަށެވެ. ނަމަވެސް އޭނާ ބުނެފައިވަނީ ކުލަބުން އޭނާއަށް ޖާގަ ނުދީފިނަމަ ދެން އޭނާ ބަދަލުވާނީ ޔޫރަޕުގެ ކުލަބަކަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް