ކ. މާލެ
|
1 މެއި 2022 | އާދީއްތަ 19:27
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ޓްވިޓަރ
ފިޠުރު ޒަކާތް
ފިޠުރު ޒަކާތުގެ ގޮތުގައި ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ
މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 159,290 (އެއްލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ނުވަދިހަ) މީހުން

1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7,111,354.00 (ހަތް މިލިއަން އެއްލައްކަ އެގާރަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ލިބިއްޖެއެވެ.

މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ 159,290 (އެއްލައްކަ ފަންސާސް ނުވަހާސް ދުއިސައްތަ ނުވަދިހަ) މީހުންނެވެ.

މާލޭ ސިޓީގެ ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ 1782 މީހުންގެ ތެރެއިން 1780 މީހުންގެ ފައިސާ އެ ފަރާތްތަކުގެ އެކައުންޓްތަކަށް 30 އޭޕްރީލް 2022 ވަނަ ދުވަހު ވަނީ ޖަމާކުރެވިފައެވެ. ފައިސާ ޖަމާނުކުރެވިވާ 02 މީހުންނަކީ އެކައުންޓް ނެތް އަދި ނުގުޅޭ ދެފަރާތެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު 30 އޭޕްރިލް 2022 (29 ރަމަޟާން 1443) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 1187.85 (އެއްހާސް އެއްސަތޭކަ އަށްޑިހަ ހަތެއް ޕޮއިންޓް އަށެއް ފަހެއް) ކިލޯއެވެ.

ގޮވާމުން ޒަކާތް ދައްކާފައިވަނީ 3938  (ތިންހާސް ނުވަސަތޭކަ ތިރީސް އަށެއް) މީހުންނެވެ.

މާދަމާއަކީ ފިޠުރު ޢީދުދުވަހަށް ވާތީ، ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން މިއަދު 01 މެއި 2022 ގެ އިރުއޮއްސި 6 ޖެހުމާ ހަމައަށްކުރިއަށް ގެންދިޔައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނާއި ބަނޑޭރި ޕޭ މެދުވެރިކޮށްވެސް ޒަކާތް ދެއްކޭގޮތަށް އޮތީ ހަމަޖައްސާފައެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވާ ތަކެތި ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ސީ.އެޗް.އެސް.އީ ގެ ހޯލުގައެވެ.

- ކޮމެންޓް