ކ. މާލެ
|
30 އޭޕްރިލް 2022 | ހޮނިހިރު 21:49
އިޓަލީގެ ފުޓްބޯޅަ އެޖެންޓް މިނޯ ރަޔޯލާ
އިޓަލީގެ ފުޓްބޯޅަ އެޖެންޓް މިނޯ ރަޔޯލާ
ގެޓީ އިމޭޖަސް
ރަޔޯލާ މަރުވުން
އިޓަލީގެ ފުޓްބޯޅަ އެޖެންޓު ރަޔޯލާ މަރުވެއްޖެ
 
ރަޔޯލާއަކީ ޕަުލް ޕޮގްބާ، އާލިން ހާލަންޑް، ޑިލައިޓް އަދި ޒްލަޓަން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ރެޕްރެޒެންޓޭޓިވް
 
އުމުރުން 54 އަހަރުގައި ރަޔޯލަ މަރުވީ ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅުމަށްފަހު

އިޓަލީގެ ފުޓްބޯލަ ލެޖެންޑު މިނޯ ރަޔޯލާ މަރުވެއްޖެއެވެ.

އުމުރުން 54 އަހަރުގައި ރަޔޯލަ މަރުވީ ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅުމަށްފަހުއެވެ. އޭނާ މަރުވިކަން އޭނާގެ އާއިލާއިން އަދި އިތުބާރުހުރި ސްޕޯޓްސް ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ ދެތިން ދުވަސްކުރިންވެސް އޭނާ މަރުވިކަމަށް އަޑުފެތުރުނެވެ. ނަމަވެސް ނާޒުކު ހާލަތެއްގައި އޮތް ރަޔޯލާ އޭރު އަދިމަރެއް ނުވެއެވެ.

ދުނިޔޭގެ ފެންވަރުގައިވެސް ނަން ވިދާލާފައިވާ ރަޔޯލާއަކީ ޕަުލް ޕޮގްބާ، އާލިން ހާލަންޑް، ޑިލައިޓް، ރޮބީނިއޯ، ބަލޮޓެއްލީ އަދި ޒްލަޓަން އިބްރާހިމޮވިޗް ފަދަ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ރެޕްރެޒެންޓޭޓިވްއެވެ. 1980 ވަނަ އަހަރުން ފެށިގެން ފުޓްބޯޅައިގައި މަސައްކަތް ކުރަމުން އައި ރަޔޯލާ ވަނީ ބޮޑެތި ޑީލުތަކެއް ފުރިހަމަ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެ ތެރެއިން 2016 ވަނަ އަހަރު 89 މިލިއަން ޕައުންޑަށް ޕޮގްބާ އެނބުރި މެންޗެސްޓަރ ޔުނައިޓެޑާއި ގުޅުނު ޓްރާންސްފަރ ފާހަގަކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
50%
0%
0%
ކޮމެންޓް