ކ. މާލެ
|
9 ޖޫން 2017 | ހުކުރު 01:01
އައިޑިއާސް ކަޕްގެ މިދިޔަ އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ
އައިޑިއާސް ކަޕްގެ މިދިޔަ އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ
ފޭސްބުކް
އައިޑިއާސް ކަޕް
ހަތްވަނަ އައިޑިއާސް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގެ ކުޅުން ފަށާނީ އަންނަ މަހުގެ ހަތްވަނަ ދުވަހު

އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަމަންޓަލް އެވެއާނަސް (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ބާއްވާ ހަތްވަނަ އައިޑިއާސް ފުޓްސަލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އޮފީސްތަކާ ކުންފުނިތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކަށް ބައިވެރިވެވޭ މި މުބާރާތުގައި މި އަހަރު ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ އަދި ދެވަނަ ޓީމަށް 10،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. މީގެއިތުރު މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން 4،000 ރުފިޔާ ހުށަހަޅަންޖެހެ އެވެ.

މުބާރާތުގެ ގަވައިދު އަދި އެޕްލިކޭޝަން ފޯމް އައިޑިއާސްގެ ފޭސްބުކް ޕޭޖުން މިހާރު ލިބޭ ގޮތް ހަދާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 18 ވަނަ ދުވަހެވެ.

މި މުބާރާތުގެ ކުޅުން މާފަންނު ސްޓޭޑިއަމްގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް