ރަމަޟާން ކްރިކެޓް ކާނިވަލްގައި ހިމެނޭ ކުންފުނިތަކުގެ މުބާރާތުގެ ސެމީފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ. މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ފްރެންޑްސް މޯލްޑިވްސްއާއި, އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި, ފަތަހަ ސްޓާރސްއާއި, ޓީމް ސިވިލިއަން (ޓީސީއެމް)އެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލުން ޖާގަ ހޯދީ ފްރެންޑްސް މޯލްޑިވްސްއެވެ. ދެވަނަ ޓީމްގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ފަތަހަ ސްޓާރސްއެވެ. ގްރޫޕް ބީގެ އެއްވަނަ ހޯދީ އެސްޓީއޯ ރެކްރިއޭޝަން ކްލަބެވެ. އެގްރޫޕްގެ ދެވަނަ ހޯދީ ޓީމް ސިވިލިއަން (ޓީސީއެމް)އެވެ.
ފްރެންޑްސް މޯލްޑިވްސް ވަނީ ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފައެވެ. ހަތަރުވަނަ މެޗު ހުކުރު ދުވަހު ކާމިޔާބުކުރީ ލެމަންގްރާސް ޕްރައިވެޓް ލިމިޓެޑާ ވާދަކޮށް ފަސް ވިކެޓުންނެވެ. މިގްރޫޕްގެ ފަތަހަ ސްޓާރސް ބަލިވީ ހަމައެކަނި ފްރެންޑްސް މޯލްޑިވްސް އަތުންނެވެ. ފަހު މެޗު ލެމަންގްރާސް ޕްރައިވެޓް ލިމިޓެޑާ ވާދަކޮށް ފަތަހަ ސްޓާރސް ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.
ގްރޫޕް ބީގައި އެސްޓީއޯ ރެކްރިއޭޝަން ކްލަބް ވަނީ ހަތަރު މެޗުގެ ތެރެއިން ތިންމެޗު ކާމިޔާބުކޮށްފައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗު އެސްޓީއޯ ކާމިޔާބުކުރީ އެމްޓީސީސީ އޭ ޓީމާ ވާދަކޮށް ބާރަ ލަނޑުންނެވެ. މިގްރޫޕުން އެއްވަނަ ހޯދީ ޓީސީއެމްއެވެ. އެޓީމް ފަހު މެޗު ކާމިޔާބުކުރީ އެމްޓީސީސީ އޭ ޓީމާ ވާދަކޮށް ދިހަ ލަނޑުންނެވެ.
ސެމީފައިނަލް ދެ މެޗު ކުޅޭނީ ހޮނިހިރު ދުވަހު ހަވީރެވެ.