ކ. މާލެ
|
29 އޭޕްރިލް 2022 | ހުކުރު 08:48
ރައީސް ނަޝީދު އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ދޮވަލްއާ ބައްދަލުކުރެއްވުން
ރައީސް ނަޝީދު އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ދޮވަލްއާ ބައްދަލުކުރެއްވުން
މުހައްމަދު ނަޝީދު / ޓްވިޓަރ
ރައީސް ނަޝީދުގެ އިންޑިއާ ދަތުރުފުޅު
ރައީސް ނަޝީދު އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި ބައްދަލުކުރައްވައިފި
އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ޙަރަކާތުގެ ފަހަތުގައި ޗައިނާ އޮތް ކަމަށް އިޝާރާތް ކުރެއްވި
ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ފޮރިން މިނިސްޓަރު ޖެއިޝަންކަރު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް އޯމް ބާރލާއާވެސް ބައްދަލުކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވަލްއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ނަޝީދު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ނިއުދިއްލީގައި ބާއްވާ ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ. ރައިސިނާ ޑައިލޮގްއަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އޮގްޒާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސެކެވެ.

ރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ފޮރިން މިނިސްޓަރު ޖެއިޝަންކަރު އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލިސް، ލޮކް ސަބާގެ ރައީސް އޯމް ބާރލާއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ޗައިނާއަށް ދައްކަންޖެހޭ ދަރަނިތައް ހުރިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން ރައީސް ނަޝީދުވަނީ އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ޙަރަކާތުގެ ފަހަތުގައި ޗައިނާ އޮތް ކަމަށް އިޝާރާތް ކުރައްވާފައެވެ. މިކަމާއި ގުޅޭގޮތުން ރައީސް ނަޝީދުވަނީ، އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު، ދޮވަލްއާއެކު މަޝްވަރާކުރައްވާފައެވެ. ޗައިނާގެ ބައިވެރިވުން އެ ޙަރަކާތުގައި އިތުރުވަމުންދާ ދިޔުމާއި ބެހޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

- ކޮމެންޓް