ކ. މާލެ
|
9 ޖޫން 2017 | ހުކުރު 00:07
އިންޓާ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ތެރެއިން
އިންޓާ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ތެރެއިން
ފޭސްބުކް
ނެޓްބޯޅަ
ނެޓްބޯޅަ ކޯޗުންނާއި އަމްޕަޔަރުން އެސޯސިއޭޝަންގައި ރަޖިސްޓްރީ ވާން އަންގައިފި
އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރެޖިސްޓްރީ ވާން އެސޯސިއޭޝަނުން އެދޭ
ރަޖިސްޓްރީ ވާން އެދޭ ފޯމް، އެސޯސިއޭޝަންގެ އިދާރާއިންނާއި ވެބްސައިޓުން ލިބެން ހުންނާނެ

ނެޓްބޯޅަ ކޯޗުންނާއި އަމްޕަޔަރުން އެސޯސިއޭޝަންގައި ރަޖިސްޓްރީވާން ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންގައިފިއެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނެޓްބޯޅަ ކޯޗުންނާއި އަމްޕަޔަރުންގެ ކަންތައްތަށް ހަރުދަނާކުރުމުގެ ގޮތުން، ކޯޗުންނާއި އަމްޕަޔަރުން އެސޯސިއޭޝަންގައި ރަޖިސްޓްރީ ވާން އަންގާ ކަމަށެވެ.

އެގޮތުން ކޯޗުކަން ކުރުމާއި އަމްޕަޔަރުކަން ކުރުމުގެ ސެޓްފިކެޓް އޮތް ފަރާތްތަކުން، އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާގައި ރަޖިސްޓްރީވުމަށް އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ރަޖިސްޓްރީ ވާން އެދޭ ފޯމް، ނެޓްބޯޅަ އެސޯސިއޭޝަންގެ އިދާރާއިންނާއި، އެ އެސޯސިއޭޝަންގެ ވެބްސައިޓުންވެސް ލިބެން ހުންނާނެ ކަމަށް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް