ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 20:16
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އެމަނިކުފާނުގެ ޚާއްސަ އެސިސްޓެންޓެއްގެ މަގާމަށް އައްޔަނުކުރެވުނު ހަނަފީ އައްބާސީ
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި އެމަނިކުފާނުގެ ޚާއްސަ އެސިސްޓެންޓެއްގެ މަގާމަށް އައްޔަނުކުރެވުނު ހަނަފީ އައްބާސީ
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް
ޕާކިސްތާނުގެ ބޮޑުވަޒީރުގެ ޚާއްސަ އެސިސްޓެންޓަކަށް، ޑްރަގް މައްސަލައަކާގުޅިގެން އުމުރު ދުވަހުގެ ޖަލުހުކުމެއްކޮށްފައިވާ ހަނަފީ އައްބާސީ
ހަނަފީ އައްބާސީއަކީ ޕާކިސްތާން މުސްލިމް ލީގު ނަވާޒު ޕާޓީގެ މެމްބަރެއް
ހަނަފީ އައްބާސީ ވަނީ މީގެ ކުރިން ދެފަހަރު ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ މެމްބަރުކަން ކުރައްވާފައި
ޑްރަގްގެ މައްސަލައަކާ ގުޅިގެން ހަނަފީ އައްބާސީއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހު

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ޚާއްސަ އެސިސްޓެންޓުގެ މަގާމަށް ހަނަފީ އައްބާސީ ހަމަޖައްސަވައިފިއެވެ.

ޓައިމްސް އޮފް އިސްލާމްއާބާދުގައި ރިޕޯޓުކޮށްފައިވާގޮތުން މިމަގާމަށް ހަނަފީ އައްބާސީ އައްޔަނުކުރެއްވިކަން ރަސްމީކޮށް އެނގިގެން ގޮސްފައިވަނީ ބުދަ ދުވަހުއެވެ.

ހަނަފީ އައްބާސީއަކީ ވިޔަފާރިވެރިއެކެވެ. އަދި ޕާކިސްތާން މުސްލިމް ލީގު ނަވާޒު ޕާޓީގެ މެމްބަރެކެވެ. އޭނާ ވަނީ މީގެ ކުރިން 2002ން 2008ށް އަދި 2008ން 2013 ވަނަ އަހަރަށް ޕާކިސްތާންގެ ނެޝަނަލް އެސެމްބްލީގެ މެމްބަރުކަން ކުރައްވާފައެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ހަނަފީ އައްބާސީއަށް ވަނީ (ޑްރަގްގެ މައްސަލައަކާ ގުޅިގެން) އުމުރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ.

ހަނަފީ އައްބާސީގެ އިތުރުން ޕާކިސްތާނުގެ ކުރީގެ ސަފީރެއް ކަމަށްވާ މުހައްމަދު ސާދިގުވެސް ވަނީ މި މަގާމަށް އައްޔަނުކުރައްވާފައެވެ.

ހަނަފީ އައްބާސީ އަދި މުހައްމަދު ސާދިގުގެ މިމަގާމަކީ ފެޑެރަލް މިނިސްޓަރުކަމާ އެއްވަރުގެ މަގާމެއް ކަމަށް ޓައިމްސް އޮފް އިސްލާމްއާބާދުން ފާހަގަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް