ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 15:33
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މރ. ބިޝްވަޖިތު މަޒުމްދާރު
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މރ. ބިޝްވަޖިތު މަޒުމްދާރު
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބީއެމްއެލްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް މީހަކު އައްޔަންކޮށްފި
އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކުގައި މރ. ބިޝްވަޖިތު މަޒުމްދާރު މަސައްކަތްކުރެއްވި

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމަށް މރ. ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފިއެވެ.

ބިޝްވަޖިތުއަކީ އިންޓަރނަލް އޮޑިޓިންގ، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތްކުރައްވާފައިވެއެވެ. މީގެ ތެރޭގައި އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކް، ސްޓޭޓް ބޭންކް އޮފް މޮރިޝަސް، އައިއެންޖީ ބޭންކް ލިމިޑެޓް ބެންގަލޯރ ހިމެނެއެވެ.

ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުވެސް ބިޝްވަޖިތު ވަނީ އަދާކުރައްވާފައެވެ. ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރގެ މަގާމުގައެވެ.

ބިޝްވަޖިތުއަކީ އައިއައިއޭ، ޔޫއެސްއޭއިން ސަރޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރ (ސީއައިއޭ)، އަދި އިންޑިއާގެ ނިއުދިއްލީގެ އައިސީއޭއައިއިން ޗާރޓާރޑް އެކައުންޓިންގ (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ކަލްކަތާ ޔުނިވަރސިޓީން އެލްއެލްބީ ހޯއްދަވާފައެވެ. އަދި ޔޫއެސްއޭއިން ސަރޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރ (ސީއައިއެސްއޭ) އަދި ސަރޓިފައިޑް ފްރޯޑް އެގްޒަރމިނަރ (ސީއެފްއީ) ފަދަ، މިދާއިރާގެ ޕްރޮފެޝަނަލް ސެޓްފިކެޓްތައްވެސް ވަނީ ހޯއްދަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް