ކ. މާލެ
|
28 އޭޕްރިލް 2022 | ބުރާސްފަތި 10:52
ބީއެމްއެލް އިން ހޮނިހިރު ދުވަހު ހިދުމަތްދޭނީ މެންދުރު ކުރިން އެކަނި
ބީއެމްއެލް އިން ހޮނިހިރު ދުވަހު ހިދުމަތްދޭނީ މެންދުރު ކުރިން އެކަނި
ބީއެމްއެލް
ބީއެމްއެލް ހުޅުވުން
ހޮނިހިރު ދުވަހު ބީއެމްއެލް ހުޅުވާފައި ހުންނާނެ
ހޮނިހިރު ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް

ހޮނިހިރު ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާފައި ހުންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ނިންމަވާފައިވާ ގޮތަށް 30 އޭޕްރީލް ވާ ހޮނިހިރު ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ. ޢީދު ބަންދާ ގުޅިގެން 1 މޭ އިން 7 މޭ ގެ ނިޔަލަށް ބޭންކު ބަންދުވާނެ ކަމަށެވެ.

އަދި 30 އޭޕްރީލް ވަނަ ދުވަހުގެ 11:00 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި، ޕޭރޯލް ރިކުއެސްޓް، އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފަރ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރާނެ ކަމަށެވެ. ނަމަވެސް 11:00 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައެވެ. ބޭންކް ދެން ހުޅުވޭނީ 8 މޭގައެވެ.

ބީއެމްއެލްއިން ވަނީ ކަސްޓަަމަރުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ދިމާނުވާނެހެން ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ހިދުމަތްތަކަށް އެދި ހުށަހެޅުމަށް އެދިފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެއެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯދުމަށް ވެސް ބީއެމްއެލްއިން ވަނީ އެދިފައެވެ.

- ކޮމެންޓް