ކ. މާލެ
|
27 އޭޕްރިލް 2022 | ބުދަ 19:54
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
އަލްޖަޒީރާ
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ހުރިހާ ޕާޓީއެއް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ރައީސް ގޮތަބަޔާ ހުންނެވީ ތައްޔާރަށް
ވަގުތީ ސަރުކާރެއް އެކުލަވާލާނަމަ އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭކަމަށް ރައީސް ވިދާޅުވި
މިހާރުގެ ބޮޑުވަޒީރު އަދި ކެބިނެޓްގެ މިނިސްޓަރުން އިސްތިއުފާ ދިނުމުން މަގާމުތައް ހަވާލުކުރެވިގެންދާނެ ފަރާތްތަކާ ގުޅޭގޮތުން މަޝްވަރާކުރަން ޖެހޭކަމަށް ރައީސް ވިދާޅުވި
މިކަމުގެ އެންމެ ފުރަތަމަ މަޝްވާރަތައް ބާއްވަން ހަމަޖެހިފައި ވަނީ މި ހުކުރު ދުވަހު ކަމަށް ރިޕޯޓުތައް ބުނޭ

ހުރިހާ ޕާޓީތަކެއް ހިމެނޭ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް މަޝްވަރާތައް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ އެގައުމުގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރަން ތައްޔާރަށް ހުންނެވިކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރައީސް ވަނީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް ހުރިހާ ޕާޓީތަކުން ގުޅިގެން މަސައްކަތްކުރަން މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރުކަމަށް ވިދާޅުވެފައެވެ.

ރައީސް ގޮތަބަޔާގެ ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެކި ފަރާތްތަކުން ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އެމަނިކުފާނު ވިސްނަވާފައިވާކަމަށެވެ. އަދި ވަގުތީ ސަރުކާރެއް އެކުލަވާލާނަމަ އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަން ޖެހޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރު އެކުލަވާލާނެ ދުވަހާއި މިހާރުގެ ބޮޑުވަޒިރު އަދި ކެބިނެޓްގެ މިނިސްޓަރުން އިސްތިއުފާ ދެއްވުމުން މަގާމުތައް ހަވާލުކުރެވިގެންދާނެ ފަރާތްތަކާ ގުޅޭގޮތުން މަޝްވަރާކުރަން ޖެހޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މިކަމުގެ އެންމެ ފުރަތަމަ މަޝްވާރަތައް ބާއްވަން ހަމަޖެހިފައި ވަނީ މި ހުކުރު ދުވަހު ކަމަށް ރިޕޯޓުތައް ބުނެއެވެ. މަޝްވަރާތައް ކުރިއަށް ގެންދާނީ ރައީސް ގޮތަބަޔާގެ ގެކޮޅުގައި ކަމާށާއި މަޝްވަރާތަކުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވާނެ ކަމަށް ޚަބަރުލިބެއެވެ.

ލަންކާގެ ރައީސް ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް ދެއްކެވި ނަމަވެސް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ލަންކާގައި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަފާތު ސިޔާސަތުތައް ގެންގުޅުއްވާ ބޭފުޅުންގެމެދުގަ ސަރުކާރެއް އެކުލަވާލުމުގެ ބޭނުމެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނީ އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން ކަމަށް ބޮޑުވަޒީރު މަހިންދަ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް