ކ. މާލެ
|
25 އޭޕްރިލް 2022 | ހޯމަ 16:07
ބޯވ ސްޓްރީޓް ޕޮލިސް މިއުޒިއަމް
ބޯވ ސްޓްރީޓް ޕޮލިސް މިއުޒިއަމް
ރޮއިޓާސް
ބޯވ ސްޓްރީޓް ޕޮލިސް މިއުޒިއަމް
ލަންޑަންގެ ޕޮލިސް ސްޓޭޝަނެއް މިއުޒިއަމްއަކަށް
ކުރިން ބޭނުންކުރި އޮފީސްތަކާއި ޖަލު ގޮޅިތައް މިތަނުން ބަލާލެވޭނެ
މިއީ ލަންޑަނުގެ ބޮޑު ތާރީޚެއް އޮތް ތަނެއް
މިތަން ބަންދުކޮށްފައިވަނީ 1992ގައި

މީގެ ކުރިން ފުލުހުންގެ މަސައްކަތަށް ބޭނުންކޮށްފައިވާ ލަންޑަންގެ ޕޮލިސް ސްޓޭޝަނެއް އާންމުންނަށް ހުޅުވާލައި, މިއުޒިއަމަކަށް ވަނީ ހަދާފައެވެ. މިތަނުން އިނގިރޭސިންގެ ތާރީޚުގެ އެތައް ކަމެއް ފެނިގެންދެއެވެ. މިތަނަށް މިހާރު ކިޔަނީ ބޯވ ސްޓްރީޓް ޕޮލިސް މިއުޒިއަމެވެ.

މި މިއުޒިއަމުން 1749 ވަނަ އަހަރު އުފެދުނު މި ޕޮލިސް ސްޓޭޝަންގެ އެތައް ވާހަކަތަކެއް ކިޔައިދެއެވެ. ލަންޑަންގައި އުފެދުނު އެންމެ ފުރަތަމަ ޕޮލިސް ފޯރސް އުފެދުނީވެސް މި ތަނުގައެވެ. އަދި ޒަމާންތަކެއްވީ މަސައްކަތްތަކެއްގެ ވާހަކަ އެތަނުން ދައްކުވައިދެއެވެ.

ޖަލު ގޮޅިތަކާއި ތަހުގީގުކުރާ ކޮޓަރިތަކާއި ޝަރީއަތްކުރާ މާލަންތަކާއި އަދިވެސް މިނޫން އެތައް ތަނެއް ބަލާލުމުގެ ފުރުސަތު އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ލިބިގެންދެއެވެ.

މިތަން ޕޮލިސް ސްޓޭޝަންއެއްގެ ގޮތުގައި އަދި މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ފުރަތަމަ ރަސްމީކޮށް ހުޅުވުނީ 1881ގައި ކަމަށް މިއުޒިއަމް ބަލަހައްޓާ ފަރާތެއް ކަމަށްވާ ޖެން ކަވާނާޚް ބުންޏެވެ.

މިތަން ރަސްމީކޮށް 1881ގަ ހުޅުވުނަސް، 1740ގަ މިތަނުގަ މެޖިސްޓްރޭޓް ކޯޓެއް ހުރި.
ޖެން ކަވާނާޚް

މިއީ ލަންޑަނުގެ ތާރީޚުގެ ބޮޑު ބައެއް ހިއްސާކުރާ ތަނެކެވެ. އެހެންކަމުން މި ތަނުގައި ހުރި ތާރީޚީ ކަންކަން ނެތިގެން ނުދާނެކަން ޔަގީންކުރަން ބޭނުންވީކަމަށް އޭނާ ކިޔައިދިނެވެ.

ބޯވ ސްޓްރީޓް ޕޮލިސް ސްޓޭޝަން ބަންދުކޮށްފައިވަނީ 1992ގައެެވެ. ޒިޔާރަތްކުރާ މީހުންނަށް, ކުރިން ބޭނުންކުރި އޮފީސްތަކާއި ޖަލު ގޮޅިތައް ބަލާލުމުގެ ފުރުސަތު ލިބޭއިރު, މީގެ ކުރިން ބޭނުންކޮށްފައިވާ ޔުނީފޯމާއި ބިޑި, މިތަނުން ފެންނަން ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް