ކ. މާލެ
|
23 އޭޕްރިލް 2022 | ހޮނިހިރު 20:37
މުބާރާތުގައި އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
މުބާރާތުގައި އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އަދަދު
ވެޓަރެންސް ލީގު
ގްރީން ސްޓްރީޓްސް ފުރަތަމަ މޮޅު ހޯދައިފި
ގްރީން ސްޓްރީޓްސް މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުން
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީން ސްޓްރީޓްސްގެ ހުސައިން ޝިފާޒް

އެފްއޭއެމް ވެޓަރެންސް ލީގުގައި ކްލަބް އީގަލްސް އާއި ވާދަކޮށް ކްލަބް ގްރީން ސްޓްރީޓްސް ކުރިހޯދައިފިއެވެ.

ގްރީން ސްޓްރީޓްސް މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ މުބާރާތުގައި ގްރީން ސްޓްރީޓްސް މޮޅުވި ފުރަތަމަ މެޗެވެ. ގްރީން ސްޓްރީޓްސް އިން ލީޑުނެގީ 11 ވަނަ މިނިޓްގައި މުހައްމަދު އަރީފް ޖެހި ލަނޑަކުންނެވެ. ދެވަނަ ހާފުގައި ގްރީން ސްޓްރީޓްސްގެ އަނެއް ލަނދު ޖެހީ އަހުމަދު ޝިޔާންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގްރީން ސްޓްރީޓްސްގެ ހުސައިން ޝިފާޒްއެވެ.

ހަތް ޓީމު ވާދަކުރާ ވެޓެރަންސް ލީގުގެ ހަވަަނައިގައި ގްރީން ސްޓްރީޓްސް އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް އީގަލްސްއަށް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.

އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްއިން މިފަހަރުގެ މުބާރާތް އިންތިޒާމުކުރާއިރު، މުބާރާތް އަލުން ބާއްވަންފަށާފައި މިވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ޚާއްސަކޮށްފައިވާ މުބާރާތުގައި މިފަހަރު 7 ޓީމު ވާދަކުރެއެވެ. ކޮންމެ ޓީމެއްގައިވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމަނަން ފުރުސަތު ލިބެއެވެ.

ލީގު ބުރުގައި ބާކީ ނުކުޅެ އޮތީ ހަތަރު މެޗެވެ. ފައިނަލުގެ ދެޖާގައިގެ ތެެރެއިން ފުރަތަމަ ޖާގަ ޔަގީންކޮށްފައިވަނީ ހުޅުމާލެ ވެޓަރެންސް އިންނެވެ. ދެވަނަ ޖާގައަށް ވާދަކުރަނީ ދެވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސްއެވެ. މާދަމާ ހަވީރު 16:30 ގައި ކުޅޭ މެޗުގައި ދަ ގްރާންޑޭ ކުޅޭނީ ސޮކަ މޭޓްސްއާ ދެކޮޅަށެވެ.

- ކޮމެންޓް