ކ. މާލެ
|
23 އޭޕްރިލް 2022 | ހޮނިހިރު 19:50
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެތައް މިލިއަން ބަޔަކު ދަނީ ސަރުކާރަށް އެކަމުގެ ނުރުހުން އަމާޒުކުރަމުން
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެ އެތައް މިލިއަން ބަޔަކު ދަނީ ސަރުކާރަށް އެކަމުގެ ނުރުހުން އަމާޒުކުރަމުން
ރޮއިޓަސް
އިންޑީއާއިން ލަންކާއަށް އެހީ ފޯރުކޮށްދިނުން
އިންޑިއާއިން ސްރީލަންކާއަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދެނީ
އިންޑިއާއިން ވަނީ ލަންކާއިން އޭޝިއަން ކްލިއަރިންގް ޔޫނިއަން އަށް ދައްކަންޖެހޭ 1.5 ބިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައި
އިންޑިއާއިން އިތުރު އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރާ ކަމަށް ލަންކާގެ ފިނޭންސް މިނިސްޓަރު ވިދާޅުވި
އިންޑިއާއިން ވަނީ ލަންކާއިން ތެޔޮ ގަތުމަށް އެހީވުމަށް އެގައުމަށް އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނުމަށް ނިންމާފައި

ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ އިން ސްރީލަންކާއަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދޭން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އިންޑިއާއިން ވަނީ ސްރީލަންކާއިން ތެޔޮ ގަތުމަށް އެހީވުމަށް އެގައުމަށް އިތުރު 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ދިނުމަށް ނިންމާފައެވެ.

ލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީއާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާއިން ވަނީ އެގައުމަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ދިނުމަށް އެއްބަސްވެފައެވެ. އަދި އެގައުމުން އިތުރު އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ފޯރުކޮށްދޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ސަބްރީއާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާއިން ވަނީ ސްރީލަންކާއިން އޭޝިއަން ކްލިއަރިންގް ޔޫނިއަން އަށް ދައްކަންޖެހޭ 1.5 ބިލިއަން ޑޮލަރު ދެއްކުންވެސް ފަސްކޮށްދޭން ނިންމާފައެވެ. މީގެ އިތުރުން ސްރީލަންކާއެކު މިއަހަރުގެ ޖެނުއަރީ މަހު ބަދަލުކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެކްސްޓެންޑް ކުރުމަށްވެސް އިންޑިއާއިން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ސްެީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އިންޑިއާއިން ދަނީ އެގައުމަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ފައިސާގެ އެހީގެ އިތުރުން ކާޑުގެ ބާވަތްތައްވެސް އިންޑިއާއިން ވަނީ ސްރީލަންކާއަށް ފޯރުކޮށްދީފައެވެ. އަދި އައިއެމްއެފްއާއެކު މިހާރު ސްރީލަންކާއިން ކުރަމުންދާ މަޝްވަރާތަކާއެކު އެއިދާރާއިން ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މަސައްކަތްވެސް އިންޑިއާއިން ދަނީ ކުރަމުންނެވެ.

- ކޮމެންޓް