ކ. މާލެ
|
22 އޭޕްރިލް 2022 | ހުކުރު 22:23
ކެންޔާގެ ކުރީގެ ރައީސް އުމްވައި ކިބާކީ
ކެންޔާގެ ކުރީގެ ރައީސް އުމްވައި ކިބާކީ
އަލްޖަޒީރާ
ކެންޔާގެ ކުރީގެ ރައީސް އަވަހާރަވުން
ކެންޔާގެ ކުރީގެ ރައީސް އަވަހާރަވެއްޖެ
އަވަހާރަވިއިރު އުމުރުފުޅަކީ 90 އަހަރު
ކިބާކީ ކިޔާވާ ވިދާޅުވީ އިންގިރޭސިވިލާތުން
ކެންޔާގެ ރައީސްކަން 2003ވަނަ އަހަރުން 2013ވަނަ އަހަރަށް

ކެންޔާގެ ކުރީގެ ރައީސް އުމްވައި ކިބާކީ އަވަހާރަވެއްޖެއެވެ.

ކިބާކީ އަވަހާރަވިއިރު އުމުރުފުޅަކީ 90 އަހަރެވެ. އޭނާ ވަނީ ކެންޔާގެ ރައީސްކަން 2003ވަނަ އަހަރުން 2013ވަނަ އަހަރަށް ކުރައްވާފައެވެ.

ކެންޔާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނި ވަޑައިގެންނެވި ކެންޔާގެ ތިންވަނަ ރައީސް ކިބާކީގެ ވެރިކަމުގައި އެ ގައުމުގެ އިގްތިސާދު ރަނގަޅު ކުރުމަށާއި، އައު ގާނޫނު އަސާސީ އެކުލަވާލެއްވުމަށްވަނީ މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް ކޮރަޕްޝަން މަދު ކުރުމަށް މަސައްކަތް ކުރެއްވުމަށް ވެވަޑައިގެންނެވި ވައުދުފުޅު އެންމެ ފުރިހަމައަށް ތަންފީޒު ކުރުމުގައި ނާކާމިޔާބު ވެވަޑައިގެންނެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެރިކަމުގައި ކެންޔާގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެންނެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަށް ކުރިއަށް ގެންދެވި މަސައްކަތްޕުޅުތައް ފާހަގަކުރެވެއެވެ. އަދި ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރުމަށްވެސް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

އިކޮނޮމިކްސްގެ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވި ކިބާކީ ކިޔާވާ ވިދާޅުވީ އިންގިރޭސިވިލާތުންނެވެ.

- ކޮމެންޓް